
ލާޒިއޯ ބަލިކޮށް އިންޓަ މިލާނުން ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފި
# ކޮޕާ އިޓާލިއާ # ލާޒިއޯ # އިންޓަ މިލާން# ބޭރު ދުނިޔޭގެ ކުޅިވަރުއިންޓަ މިލާންގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..
ކޮޕާ އިޓާލި ފައިނަލުގައި މިރޭ ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ލާޒިއޯ ބަލިކޮށް އިންޓަ މިލާނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ލާޒިއޯ ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން އެޓަލާންޓާ ބަލިކުރުމަށްފަހު އެވެ. އަދި އިންޓަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ މެޗުގައި 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކޯމޯ ބަލިކޮށްފައެވެ. އަދި މިއީ 2023 ވަނަ އަހަރަށް ފަހު އިންޓަ އިން މިމުބާރާތް ކާމިޔާބުކުރި ފުރަތަމަ މެޗެވެ.
އިޓަލީގެ ވެރިރަށް ރޯމުގެ އެސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އިންޓަ މިލާނުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ މެޗުގެ 14 ވަނަ މިނެޓުގައެވެ. މިލަނޑަކީ ލާޒިއޯގެ ޑިފެންޑަރު އެޑަމް މަރުސިކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އިންޓަ މިލާނުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
މިއީ އިންޓަ މިލާނުން މިމުބާރާތް ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. އަދި މިއީ 2010 ވަނަ އަހަރުގެ ފަހުން ލީގު ޗެމްޕިއަންކަމާއެކު އެޓީމުން ކޮޕާ އިޓާލިއާ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




