logoEN
WAMCO TOP 1
ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ނަޝީދާއި ޞާލިޙާ އެކު މަސައްކަތްކުރަން ތައްޔާރު - ޔާމީން

ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ނަޝީދާއި ޞާލިޙާ އެކު މަސައްކަތްކުރަން ތައްޔާރު - ޔާމީން

އަހުމަދު ޝުރާއު

logo

5/13/2026, 11:32:00 AM

# އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް# ރައީސް މުހައްމަދު ނަޝީދު# ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

-

ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ދެ ރައީސުންނާއިއެކު މަސައްކަތްކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ޔާމީން މިފަދައިން ވިދާޅުވީ މިއަދު ރާއްޖޭގެ ނޫހެއް ކަމަށްވާ ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އެވެ.

އެގޮތުން ރާއްޖެ ސަލާމާތްކުރަން ތިން ރައީސުން އެކުގައި މަސައްކަތް ކުރުމަށް މިއަދު ފުރަތަމަ ގޮވާލެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެވެ. އެގޮތުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނެވީ މުޅި ދައުލަތް ހިސޯރުކޮށްގެން ކަމަށާައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާން ކުރެއްވި ހުވަޔާއި އެމަނިކުފާނު ހިލާފުވެފައިވާ ކަމަށެވެ. މިއާއިއެކު ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

އަދި މިއީ އިދިކޮޅު ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް ޔާމީން އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށާއި ތިން ރައީސުންނާއެކު މި މަސައްކަތް ފަސްޖެހުމެއް ނެތި ކުރުމަށް ތައްޔާރަށް ހުންނެވި ކަމުގައިވެސް ފައްޔާޒް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މިއަދު ސަން އޮންލައިންއިން ރައީސް ޔާމީންއާއި ސުވާލުކުރެއްވުމުން އެމަނިކުފާނު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ރައީސް ނަޝީދާއި ޞާލިޙާ އެކު މަސައްކަތްކުރައްވަން އެއްބަސްވެލައްވާކަމުގައި ވިދާޅުވެފައި އެވެ.އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައިވެސް ޔާމީން ވިދާޅުވިއެވެ.

ސަންއަށް ދެއްވި އިންޓަވިއުގައި ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދުއާއި ސޯލިހްއާއިއެކު މަސައްކަތްކުރައްވަން ގަސްތުކުރައްވާ ގޮތެއް ޔާމީން ހާމައެއް ނުކުރައްވައެވެ.

ކޮމެންޓް
ފަހުގެ
HDC