logoEN
Sto top
ނަޝީދަކީ އަބަދުވެސް އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް - މޯދީ

ނަޝީދަކީ އަބަދުވެސް އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް - މޯދީ

އަހުމަދު ޝުރާއު

logo

7/26/2025, 7:01:06 AM

# ރައީސް މުހައްމަދު ނަޝީދު

-

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

Wamco

މޯދީ މިފަދައިން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބައްދަލުކުރެއްވުމަށް ކުރިިޔަށް ގެންދަވާ ބައްދަލުވުންތަކުގައި ރައީސް މުހައްމަދު ނަޝީދުއާއި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން މޯދީ ވިދާޅުވީ މުޙައްމަދު ނަޝީދު އަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް ކަމަށާއި މިއަދުގެ ބައްދަލުކުރެއްވުމުގައި ‘ނެއިބަރހުޑް ފަސްޓް’ ސިޔާސަތާއި މަހާސާގަރުގެ ތަޞައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކެޕޭސިޓީ ބިލްޑިންގ އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެކަންވެސް މޯދީ ވަނީ ފާހަގަކުރައްވާފައި އެވެ.

ނަޝީދުގެ އިތުރުންވެސް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި މޯދީ މިއަދު ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. މި ބައްދަލުވުންތައް ކުރިޔަށްދަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC