
-
ހަޔާތުގައި މިހާތަނަށް ގިނަ ވެރިންތަކެއް ވެރިކަމުން ބާލާފައިވާނެ ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީ ޗެއާޕާސަން ކެންޕެއިންގެ ތެރެއިން ދ.ކުޑަހުވަދޫގައި ރޭ ބޭއްވި ބައްދަލުވުމުގައި ޕާޓީގެ އާއްމު މެންބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން އިންތިޚާބު ކޮންމެ ގޮތަކަށް ނިމުނު ކަމުގައިވިޔަސް 2028 ވަނަ އަހަރުގެ ވެރިކަން އެމްޑީޕީއަށް ހޯދައިދެއްވަން ނަޝީދު މަސައްކަތް ކުރައްވާނަންތޯ އާންމު މެމްބަރު ނަޝީދު އާއި ސުވާލުކުރެއްވި އެވެ.
އެމްޑީޕީގެ ގިނަ އާއްމު މެމްބަރުންތަކެއް މިހާރުވެސް އުފައްދަމުން އަންނަ މި ސުވާލަށް ރަސްމީކޮށް ރޭ ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ 2028 ގެ ވެރިކަން އެމްޑީޕީއަށް ހޯއްދަވައިދެއްވަން 24 ގަޑިއިރު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ހަޔާތުގައި އެމަނިކުފާނަށް ކުރަން އެނގޭ ކަމަކީ މީހުން ވެރިކަމުން ބޭލުން ކަމަށާއި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ވެރިކަމުގައި މިވަގުތު ހުންނެވި ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމުގައި ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ޙަޔާތުގައި ކުރަން އެނގޭ ކަމަކީ މީހުން ވެރިކަމުން ބޭލުން. ރައީސް މައުމޫން 30 އަހަރު ވެރިކަމުގައި އިންނެވި. އަޅުގަނޑުމެންނަށް އެކަންވެސް ކުރެވިއްޖެ. ރައީސް ޔާމީން ހުރިހާ ބާރުތަކަކާއެކުގައި އިންނެވި. އަޅުގަނޑުމެންނަށް އެކަންވެސް ކުރެވިއްޖެ. ދެން ތިބޭފުޅުން އެބަ އަޅުގަނޑުގެ މައްޗަށް ތުހުމަތުކުރޭ އަޅުގަނޑުމެންގެ އަމިއްލަ ވެރިކަމެއްވެސް ބަދަލުކުރި ކަމަށް. މިހާރު މިއޮތީ ރައީސް މުޢިއްޒުގެ ވެރިކަން. މިވެރިކަން އަޅުގަނޑުމެންނަށް ބަދަލުކުރެވެންޖެހޭނެ. އެ ބަދަލުކުރުމަށް އަޅުގަނޑާ އެއްވަރަށް މަސައްކަތްކުރާ އެކަކުވެސް ނުހުންނަ ވަރަށް އަޅުގަނޑު މަސައްކަތް ކުރާނަން.“
އެމްޑީޕީގެ އާއްމު މެމްބަރުން މިބީދައިން ނަޝީދު އާއި ސުވާލުކުރައްވަމުން ގެންދަވާ މައިގަނޑު ސަބަބަކީ 2018 އިން 2023 އަށް ކުރި އެމްޑީޕީގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ލިބިވަޑައިނުގެންނެވެމުން ނަޝީދު އެމްޑީޕީ ދޫކުރައްވައި އޭރު އެމްޑީޕީގެ ވެރިކަން ދެވަނަ ދައުރަކަށް ނުލިބޭ ގޮތަށް މަސައްކަތް ކުރެއްވުމެވެ. އެގޮތުން އަމިއްލަފުޅަށް "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދަވައި ނަޝީދު މަސައްކަތް ކުރެއްވީ އެމްޑީޕީ "ރޫޅާލަން" ށެވެ.
ގުޅުންހުރި

"އަޅުގަނޑަށް ޙަޔާތުގައި ކުރަން އެނގޭ ކަމަކީ މީހުން ވެރިކަމުން ބޭލުން"

ނަޝީދު ގޮވާލަނީ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހަތަރު ފަސް އަހަރަށް ހުއްޓާލުމަށް!

ނަޝީދަކީ އަބަދުވެސް އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް - މޯދީ




