
ނަޝީދު ގޮވާލަނީ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހަތަރު ފަސް އަހަރަށް ހުއްޓާލުމަށް!
# ރައީސް މުހައްމަދު ނަޝީދު-
އުމްރާނީ ގޮތުން ރާއްޖޭގައި ކުރިޔަށްގެންދާ މަޝްރޫއުތައް 4-5 ވަރަކަށް އަހަރަށް ހުއްޓާލުން މުހިންމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިފަދައިން ވިދާޅުވީ މިއަދު ރާއްޖޭގެ އިގްތިސޯދާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ނަޝީދުގެ ޕޯސްޓުގައި ވިދާޅުވީ ތަރައްޤީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތް ހަތަރު ފަސް އަހަރަށް ހުއްޓާލުން މުހިންމު ކަމަށެވެ. އަދި ކުރިޔަށް އޮތް އިންތިހާބު ތަކުގައި ޝިއާރަކަށް ވާންވީ "އެހަށް އަދި މަޑުކޮށްލާ" ކަމަށާއި ދެން ވެރިކަމަށް އަންނަ ރައީސެއް ވައުދު ވާންވީ މަޑުޖެހިލަންކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮންކްރީޓަކީ ތަރައްޤީއެއް ނޫންކަން ފާހަގަކުރައްވައި ނަޝީދު އެކަން ސިފަކުރެއްވީ ދަރަނީގެ ގޮތުގައި އެވެ. ރައްޔިތުންގެ ތަނަވަސް ކަން އިތުރު ވާނީ ބަޖެޓު ސާޕްލަސް އާއި ރިޒާވް އިތުރު ކުރެވި ދަރަނިތައް ކުޑަކުރެވިގެންކަމަށާއި ދިވެހީންނަކީ ތަންދޮރު ދަންނަ ހޭލުންތެރިބައެއްކަމަށް ވިދާޅުވެ ނަޝީދު ވަނީ ވާން މިދާގޮތާއި އެމަނިކުފާނު ދައްކަވާ ވާހަކަ ދިވެހީންނަށް ސާފު ވާނެކަމަށް ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައި އެވެ.
ނަޝީދު މިފަދައިން ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދެވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ރަސްމީކޮށް ފައްޓަވަމުންނެވެ. އަދި ދަރަނިވެރިވެފައި އޮތް ދިވެހި ދައުލަތް އަރަނި ވަމުންދާކަމަށާއި ރާއްޖެއިން ދައްކަން ހުރި ދަރަނިތައް ދެއްކެވުމަށް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް އެމަނިކުފާނު ވާނީ ދާްދި ފަހުންވެސް ވިދާޅުވެފައި އެވެ.
ގުޅުންހުރި

ނަޝީދު ގޮވާލަނީ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހަތަރު ފަސް އަހަރަށް ހުއްޓާލުމަށް!

ނަޝީދަކީ އަބަދުވެސް އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް - މޯދީ

ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ދެޒުވާނުން ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި
