logoEN
WAMCO TOP 1
ހައްޖާޖީން ފުރާ ދުވަސްތަކުގައި އެއާޕޯޓު ބާރުބޮޑުވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ހައްޖާޖީން ފުރާ ދުވަސްތަކުގައި އެއާޕޯޓު ބާރުބޮޑުވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

5/13/2026, 11:03:14 AM

# އެމްއޭސީއެލް

--

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހި ހައްޖާޖީން ފުރާ ދުވަސްތަކުގައި އެއާޕޯޓު ބާރުބޮޑުވާނެތީ ސަމާލުވުމަށް ވެލާނާ އިންޓަނޭޝަނަލް އެްއާޕޯޓު ހިންގާ އެމްއޭސީއެލުން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

THE TRAVELLER AD

އެމްއޭސީއެލުން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ވިދާޅުވީ 1447 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހި ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ މި މޭމަހުގެ 15 ، 17 ، 18 އަދި 19 ކަމަށްވާތީ އެ ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް އަންނާނެ ކަމަށް ލަފާކުރެވޭތި ދަތުރުވެރިން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދޭ ކަމަށެވެ.

މިއާއިއެކު އެދުވަސްތަކުގައި އެއާޕޯޓުގެ ޕާކިންގ އިތުރުން އެއާޕޯޓުގެ ޓްރެފިކް ބާރުބޮޑުގެންދާނެ ކަމަށް ލަފާކުރެވޭތީ މި ދުވަސްތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން ފެރީ ނުވަތަ އެއާޕޯޓުގެ ބަސް ބޭނުންކުރެއްވުމަށްވެސް އެމްއޭސީއެލުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ހައްޖަށް ދާ މީހުން މި މަހުގެ 15 ގައި ފުރަން ފަށާއިރު ހަތަރު ފްލައިޓެއްގައި ހައްޖާޖީން މައްކާ އަށް ދާނެ އެވެ. އެއީ ސައުދީ އަރަބިއާގެ ސައުދިއާގެ ދެ ފްލައިޓަކާއި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ.

އެގޮތުން ފުރަތަމަ ފްލައިޓުގައި 238 ހައްޖާއީން އަންނަ ހުކުރު ދުވަހު ފުރަން ތާވަލުކޮށްފައިވާއިރު މިމަހުގެ 17 ވަނަ ދުވަހު ގައުމީ އެއާލައިންގައި 260 ހައްޖާޖީން ފުރާނެއެވެ. އަދި ތިން ވަނަ ފްލައިޓުގައި މިމަހުގެ 18 ވަނަ ދުވަހު 267 ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވާއިރު 19 ވަނަ ދުވަހު 253 ހައްޖާޖީން ފުރުމަށް ވަނީ ތާވަލުކޮށްފައެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 26 ވަނަ ދުވަހެ އެވެ.

ކޮމެންޓް
ފަހުގެ
HDC