logoEN
WAMCO TOP 1
ފަހުވަގުތު އަލް ހިލާލް އިން އަލް ނަސްރު މޮޅުވިޔަނުދީ ހިފަހައްޓައިފި

ފަހުވަގުތު އަލް ހިލާލް އިން އަލް ނަސްރު މޮޅުވިޔަނުދީ ހިފަހައްޓައިފި

ހަސަން ޝަމްއޫން

logo

5/12/2026, 8:08:20 PM

# ސައުދީ ޕްރޮފެޝަނަލް ލީގު# އަލް ހިލާލް # އަލް ނަސްރު # ބޭރު ދުނިޔޭގެ ކުޅިވަރު

އަލް ނަސްރު އާއި އަލް ހިލާލް ވާދަކުރި މެޗުގެ ތެރެއިން..

ސައުދީ ޕްރޯ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އަލް ހިލާލް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ އަލް ނަސްރަށް ލީގު ޗެމްޕިއަންކަން ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

THE TRAVELLER AD

ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލް ޝަބާބް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އަލް ހިލާލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން އަލް ޚަލީޖް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ހިލާލް އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އަލް ހިލާލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރު އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު މުހައްމަދު ސިމަކާން އެވެ.

މީގެ އިތުރުން ވެސް މިހާފުގައި އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯގެ އަދި ކިންގްސްލީ ކޯމަން އިތުރުން އަލް ހިލާލްގެ ކަރީމް ބެންޒެމާއަށް ވެސް ވަނީ ލަނޑުޖަހާނެ ވަރަށް ހުސް ފުރުސަތުތަކުގެ ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ.

އަދި އޭގެ ތެރެއިން ކޯމަންއަށް ލިބުނު ފުރުސަތުގައި މުޅިން ހުސްކޮށްހުރެ ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު އަލް ނަސްރުން ވަރުގަދަކޮށް ފެށިއިރު. ފުރަތަމަ މިނެޓުގައި ރޮނާލްޑޯއަށް ވަނީ އެޓީމުގެ ލީޑު ފުޅާކުރުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އަދި މިހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، އަލް ހިލާލް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ، އިތުރަށް ދެއްކި އަށް މިނެޓުގެ ތެރެއިން އެންމެ ފަހު ސިކުންތުކޮޅުގައެވެ.

މިއީ އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ދިމާލު އަރިމަތިން ލިބުނު އެއްލުމެއްގައި އަލް ހިލާލްގެ ކުޅުންތެރިއަކު އަލް ނަސްރުގެ ގޯލު އޭރިއާ ތެރެއަށް އެއްލި ބޯޅައެއް ހިފަން އުޅުމުގެ ތެރޭގައި އަލް ނަސްރުގެ ބުރެޒިލް ކީޕަރު ބެންޓޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 33 މެޗުން އަލް ނަސްރަށް 83 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ ކުރީގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 32 މެޗުން އަލް ހިލާލްއަށް 78 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.

ލީގު ފަހު މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޑަމަކް އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު އަލް ނަސްރަށް އޮތްއިރު، އަލް ހިލާލަށް ލީގު ހޯދުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. އަދި އެޓީމަށް ލީގު ހޯދުމަށް މިހާރު އޮތް ފުރުސަތަކީ ލީގުގައި އެޓީމަށް ބާކީ އޮތް އަލް ފައިހާ އަދި ނިއޯމް އެފްސީ މެޗުން މޮޅުވުގެ އިތުރުން ޑަމަކް އަތުން އަލް ނަސްރު ބަލިވުމެވެ.

ކޮމެންޓް
ފަހުގެ
HDC