logoEN
WAMCO TOP 1
ނިކޯ ވިލިއަމްސްއަށް އަނިޔާވެ ވޯލްޑްލަޕްގައި ކުޅެވިދާނެކަމާމެދު ސުވާލު އުފެދިއްޖެ

ނިކޯ ވިލިއަމްސްއަށް އަނިޔާވެ ވޯލްޑްލަޕްގައި ކުޅެވިދާނެކަމާމެދު ސުވާލު އުފެދިއްޖެ

ހަސަން ޝަމްއޫން

logo

5/10/2026, 12:30:00 AM

# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު

ނިކޯ ވިލިއަމް

ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ އެތްލެޓިކް ބިލްބާއޯ ކުޅުނު މެޗެއްގައި އެޓީމުގެ ޒުވާން ފޯވާޑް ނިކޯ ވިލިއަމްސްގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ ސްޕެއިންގެ ގައުމީ ޓީމަށް ބޮޑު ކަންބޮޑުވުމެއް ކުރިމަތިވެއްޖެއެވެ.

THE TRAVELLER AD

ވިލިއަމްސްއަށް އަނިޔާވީ ވެލެންސިއާ އަތުން 1-0 އިން އެ ޓީމު ބަލިވި މެޗުގެ 36 ވަނަ މިނެޓުގައެވެ. އޭނާގެ ވައަތު ފައިގެ ފަލަ މަސްގަނޑަށް (ހެމްސްޓްރިންގް) ލިބުނު މި އަނިޔާއާ ގުޅިގެން އޭނާ ދަނޑުން ފޭބީ ވަރަށް ބޮޑަށް މާޔޫސްވެފައި ހުރެއެވެ. އުމުރުން 23 އަހަރުގެ ވިލިއަމްސްއަކީ، 2022 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ފަހުން ސްޕެއިންގެ މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 30 މެޗުގައި 6 ލަނޑު ކާމިޔާބުކޮށްފައެވެ. މި ސީޒަނުގައި އެތްލެޓިކް ކްލަބުގައި ވެސް އޭނާ އައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކުޅުނު 32 މެޗުގައި 6 ލަނޑު ޖެހުމުގެ، އިތުރުން އިތުރު ހަތް ލަނޑެއް ޖެހުމަށް ވަނީ އެހީތެރިވެދީފައެވެ.

އުތުރު އެމެރިކާގައި މިއަހަރުގެ ހޫނު މޫސުމުގައި ބާއްވާ 2026 ގެ ފީފާ ވޯލްޑް ކަޕްގައި ސްޕެއިން ހިމެނެނީ ގްރޫޕް 'އެޗް' ގައެވެ. ސްޕެއިންގެ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު އެޓްލާންޓާގައި ކޭޕް ވާޑްއާ ދެކޮޅަށް ނުކުންނައިރު، ޖޫން 21 ގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭނެއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 26 ގައި ސްޕެއިން ބައްދަލުކުރާނީ އުރުގުއޭއާއެވެ.

ކޮމެންޓް
ފަހުގެ
HDC