logoEN
WAMCO TOP 1
މިރޭވެސް މޫސުން ގޯސް: ފަތިހާއި ހަމައަށް ހުދު ސަމާލު ދަންމާލައިފި

މިރޭވެސް މޫސުން ގޯސް: ފަތިހާއި ހަމައަށް ހުދު ސަމާލު ދަންމާލައިފި

އަހުމަދު ޝުރާއު

logo

5/11/2026, 5:17:21 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މިރޭވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ހުދު ސަމާލު ދަންމާލައިފިި އެވެ.

THE TRAVELLER AD

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ވ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. އެގޮތުން މިއަދު ހެނދުނު ކ އަތޮޅުވެސް ހިމެނޭހެން ނެރުނު ހުދު ސަމާލުގެ މުއްދަތު ހަވީރު 17:30 އަށް ހަމަވުމާއިއެކު އަލުން މިރޭގެ 22:30 ގެ ނިޔަލަށް އެ ސަމާލު ދަންމާލި އެވެ. ނަމަވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިހާރުވަނީ ކ އަތޮޅު އުނިކޮށް ހުދު ސަމާލު މިރޭގެ ފަތިހު 04:30 ގެ ނިޔަލަށް ދަންމާލާފައި އެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކުރަމުންމިދަނީ މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއްޔެ ވަނީ ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެއިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށާއި ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މެއި މަހުން ށިގެން، ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށެވެ.

އަދި ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި، މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް، ފަށާ ކަމަށާއި އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު. މޫސުން ފެށިގެންދާ ކަމަށެވެ.

މެޓް އިން މައުލޫމާތު ދޭގޮތުގައި މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް، ފެށިފައިވަނީ މި މަހުގެ އަށް ވަނަ ދުވަހެވެ.

ކޮމެންޓް
ފަހުގެ
HDC