logoEN
WAMCO TOP 1
ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އދ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންގޮސްފި

ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އދ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

5/11/2026, 5:12:48 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާމިގިލީގައި ހުންނަ އދ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ކުށްތަކުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

THE TRAVELLER AD

މި ސެޝަންތަކަކީ ސުކޫލު ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިން، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުން ސަލާމަތްކޮށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.

މި މަހު 10 ވަނަ ދުވަހު މި ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ޕަބްލިކް ޓްރަސްޓް ކޮންފިޑެންސް މެނޭޖްމަންޓާއި މާމިގިލީ ޕޮލިހާއި ސުކޫލު ގުޅިގެންނެވެ.

މި ސެޝަންތަކުގެ ތެރެއިން ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި މައުލޫމާތު ދީފައި ވަނީ “ސައިބަރ ސޭފްޓީ އެންޑް ޕަރސަނަލް ކޯޕިންގ ސްކިލްސް” އާ ގުޅޭގޮތުންނެވެ. އެގޮތުން، އިންޓަނެޓް ބޭނުންކޮށް ހިންގާ އެކި ކުށްތަކާއި އެ ކުށްތަކުން ރައްކާތެރިވެތިބުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އިންޓަނެޓުން ބައްދަލުވާ ނުދަންނަ އެއްވެސް މީހަކާ ވާހަކަނުދެއްކުމަށާއި އެއްވެސް ކުއްޖެއްގެ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ބުނެދީފައިވެއެވެ. އަދި ގުޅުން ބަދަހިކޮށް އެކަކު އަނެކަކަށް އެހީތެރިވުމަށާއި ކޮންމެ ކަމެއްގައި ވެސް އަމިއްލަ ނަފުސަށް އިތުބާރުކުރުމަށް ކިޔައިދީފައިވެއެވެ. އޭގެ އިތުރުން ވެސް ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންވާނެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.މުދައްރިސުންނަށް ކުރިއަށްގެންދިޔަ ސެޝަނުގައި މައުލޫމާތު ހިއްސާކޮށްފައި ވަނީ "މަސައްކަތުގެ މާހައުލުގައި އަސާސީ ސިފަތަކާއި އުސޫލުތައް ބިނާކުރުން" މައުލޫގެ ދަށުންނެވެ. އެގޮތުން، މުދައްރިސުންނަކީ ދަރިވަރުންގެ އަހުލާގު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާތީ ނަމޫނާ މުދައްރިސަކަށް ވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދިނަމޫނާ މުދައްރިސެއްގެ ސިފަތަކާއި ތައުލީމު އުނގަންނައިދިނުމުގެ މަރުހަލާގައި ދަރިވަރުންގެ އިތުބާރު ހޯދައި، އެ އިތުބާރު ދަމަހައްޓާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. ރަނގަޅު އަދި ނުރަނގަޅު އަހުލާގީ މިންގަނޑުތަކާއި ކަންކަމުގައި ގޮތް ނިންމާއިރު ވިސްނަންޖެހޭ ކަންކަމާއި ރަނގަޅުގޮތުގައި މުއާމަލާތުކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މުދައްރިސުންގެ ހުނަރުތައް ތަރައްގީކުރާނެ ގޮތްތަކާއި، މަސައްކަތުގެ އަހުލާގު އިތުރަށް ހަރުދަނާކުރުމަށް ކުރެވޭނެ ކަންކަމާއި މުދައްރިސުންގެ ޒިންމާތަކާއި ދޭދޭ ގުޅުންތައް ހަރުދަނާކުރުމަށާއި މަސައްކަތުގެ މާހައުލުގައި ޒިންމާދާރުވުމާއި ދޭދޭ ގުޅުންތައް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ބެލެނިވެރިންނަށް ކުރިއަށްގެންދިޔަ ސެޝަނުގައި މައުލޫމާތު ހިއްސާކޮށްފައިވަނީ “ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިންގ” އާ ގުޅޭގޮތުންނެވެ. މި ސެޝަނުގައި، ޒިންމާދާރު ގޮތެއްގައި ބެލެނިވެރިކަމުގެ ދައުރު އަދާކުރާނެ ގޮތާއި ޒިންމާދާރު ބެލެނިވެރިއެއްގެ ކިބައިން ފެންނާނެ ސިފަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެންމެ ތުއްތު އިރުން ފެށިގެން ދަރިންނަށް ރަނގަޅު ނަމޫނާ ދެއްކުމަށާއި ދަރީންގެ ހަރަކާތްތައް ގާތުން ބަލައި މޮނީޓަރކޮށް ދަރިންނަށް ވިސްނޭނެހެން އުމުރާ ގުޅޭގޮތަށް ރަނގަޅު ކަންކަން ބުނެދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކުރިއެވެ. އަދި ދަރީން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް ހިތްވަރުދިނުމަށާއި ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީގެން ދަރީންނަށް ހެޔޮ ތަރުބިއްޔަތެއް ފޯރުކޮށްދިނުމުގައި ބެލެނިވެރިއެއްގެ ދައުރާ ގުޅޭ މުހިންމު މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ސެޝަންތަކުގައި އެ ސުކޫލުގެ ގްރޭޑް 7 އިން 10 އާ ދެމެދުގެ 143 ދަރިވަރުންނާއި 176 ބެލެނިވެރިންނާއި 51 މުދައްރިސުން ބައިވެރިވިއެވެ.

ކޮމެންޓް
ފަހުގެ
HDC