
ފާއިތުވި ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން 300 އަށްވުރެ ގިނަ މައްސަލަ: 81 މީހަކު ހައްޔަރަށް!
# ދިވެހި ފުލުހުންގެ ޙިދުމަތްފުލުހުން ޓެރެފިކް ބެލެހެއްޓުމުގައި
ފާއިތުވި ހަފްތާގެ ތެރޭގައި ފުލުހުންގެ ހިދުމަތުގެ މާލެ އޭރިއާ ސަރަހައްދުން އެކަނިވެސް 300 އަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަން ހާމަކޮށްފި އެވެ.

މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ހިމެނޭ މާލެ ވިލިމާލެ ހުޅުމާލެ އަދި ތިލަފުށިން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތަފާސްހިސާބުތައް މިއަދު ފުލުހުން ވަނީ އާންމުކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ނަމަ އެމުއްދަތުގެ ތެރޭގައި ފުލުހުންގެ އެކި ކޮމާންޑުތަކުން ހިންގި އޮޕަރޭޝަންތަކުގައި 15،000 އަށްވުރެ ގިނަ ތަން ބަލކާފާށްކޮށްފައިވެއެވެ. އަދި 400 އަށްވުރެ ގިނަ މައްސަލަ އެމުއްދަތުގެ ތެރޭގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު އެމައްސަލަތާކާއި ގުޅިގެން 80 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެސްވެއެވެ.
ބަލާފާސްކުރެވުނު ތަންތަނާއި، ރިޕޯޓްކުރެވުނު ހާދިސާގެ އިތުރުން ހައްޔަރުކުރެވުނު މީހުންގެ ތަފާސްހިސާބުތައް-
- މާލެ ޕޮލިސް: 4881 ތަން ބަލާފާސްކުރި ، 164 ހާދިސާ ރިޕޯޓް އަދި 22 މީހުން ހައްޔަރުކޮށްފައިވޭ.
- ތިލަމާލެ ޕޮލިސް: 2409 ތަން ބަލާފާސްކުރި ، 8 ހާދިސާ ރިޕޯޓް އަދި 2 މީހުން ހައްޔަރުކޮށްފައިވޭ.
- ހުޅުމާލެ ޕޮލިސް: 6448 ތަން ބަލާފާސްކުރި، 130 ހާދިސާ ރިޕޯޓް އަދި 20 މީހުން ހައްޔަރުކޮށްފައިވޭ.
- ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑް: 1735 ތަން ބަލާފާސްކުރި، 33 ހާދިސާ ރިޕޯޓް އަދި 37 މީހުން ހައްޔަރުކޮށްފައިވޭ.
- ޓްރެފިކް ޕޮލިސް އަދި ރޯޑް މެނޭޖްމަންޓް: 63 ހާދިސާ ރިޕޯޓް.
ފުލުހުން ބުނީ މި މަސައްކަތްތަކުންވެސް ރަމްޒުކޮށްދެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ އޮފިސަރުން ރެއާއި ދުވާލު މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، މުޖުތަމައުތަކަށް އެހީތެރިވުމާއި ރާއްޖޭގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ކަމަށެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން އަންހެނަކު ހައްޔަރުކޮށްފި

ފާއިތުވި ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން 300 އަށްވުރެ ގިނަ މައްސަލަ: 81 މީހަކު ހައްޔަރަށް!

ލަންކާގައި ބޭއްވި ހިއުމަން ސްމަގްލިންގްއާ ގުޅޭ ސަރަހައްދީ ބައްދަލުވުމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ




