logoEN
WAMCO TOP 1
މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން އަންހެނަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

5/11/2026, 11:15:17 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފިއެވެ.

THE TRAVELLER AD

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / ގުލިސްތާނުގެ، ޢާއިޝަތު ރިޒްނާ (43އ) އެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ޢާއިޝަތު ރިޒްނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 10 ވަނަ ދުވަހު ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، ނައިފަރުގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކޮށްފައެވެ.

މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 53 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC