logoEN
WAMCO TOP 1
ލަންކާގައި ބޭއްވި ހިއުމަން ސްމަގްލިންގްއާ ގުޅޭ ސަރަހައްދީ ބައްދަލުވުމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

ލަންކާގައި ބޭއްވި ހިއުމަން ސްމަގްލިންގްއާ ގުޅޭ ސަރަހައްދީ ބައްދަލުވުމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

5/10/2026, 8:20:07 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ސްރީލަންކާގެ ނިގަމްބޯގައި ކުރިއަށްދިޔަ "ރީޖަނަލް ޑަޔަލޮގް އޮން ސްމަގްލިންގް އޮފް މައިގްރަންޓްސް" ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އިންސްޕެކްޓަރ އޮފް ޕޮލިސް ޝުޢައިބް ޢަބްދުއްރަޙްމާން ބައިވެރިވެވަޑައިގެންފިއެވެ.

THE TRAVELLER AD

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން އިންތިޒާމުކޮށްގެން 2026 މެއި 7 އިން 8 އަށް ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުން ނުވަތަ ސްމަގްލްކުރުން ހުއްޓުވުމަށް ބޭއްވުނު މުހިންމު މަޝްވަރާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމަކީ، ގާނޫނީ އަދި އޮޕަރޭޝަނަލް ދާއިރާއިން މަސައްކަތްތައް ހަރުދަނާކޮށް، ސަރަހައްދީ ފެންވަރެއްގައި މިފަދަ ކަންކަން ހުއްޓުވުމަށް އެންމެން އެއްބަސްވާ އުސޫލުތަކެއް ކަނޑައެޅުމަށް ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ. މިގޮތުން، މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ މީހުން ސްމަގްލްކުރާ މިންވަރާއި އެކަން ހިނގާ ގޮތްތަކުގެ އިތުރުން، އެފަދަ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމުގައި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުންނެވެ. އަދި ރާވައިގެން ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބައިނަލްއަގްވާމީ އެއްބާރުލުންދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، މިފަދަ ކުށްތައް ހިންގާ ނެޓްވޯކްތައް ނައްތާލުމަށްޓަކައި ގާނޫނު ތަންފީޒްކުރާ އިދާރާތަކާއި، އިމިގްރޭޝަން، ކަސްޓަމްސް، ޕްރޮސިކިއުޓަރުން އަދި ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ބޭނުންތެރިކަން ބައިވެރިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އިތުރަށް އަލިއަޅުވާލާފައިވަނީ، އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމާއި، ޑިޖިޓަލް ހެކި ގެންގުޅުމާއި ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުމާއި އެއާ ގުޅުންހުރި ކުށްތަކުގެ ތަހުގީގުތަކާއި ދައުވާކުރުމުގެ މަރުހަލާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ ބޭނުންތެރިކަންވެސް މި ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ.

ބައިނަލްއަގުވާމީ އަދި ސަރަހައްދީ ފެންވަރުގެ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، އިދާރީ އަދި އޮޕަރޭޝަނަލް ނިޒާމު ހަރުދަނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކަކީ ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާއި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، ބޭރުގެ އިދާރާތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

ކޮމެންޓް
ފަހުގެ
HDC