
-
މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ކުރީގެ މަޖިލިސް މެމްބަރު އަހުމަދު މުބީން އައްޔަނުކޮށްފި އެވެ.

މުބީން އެމްޓީސީސީގެ ޑީއެމްޑީއަކަށް އައްޔަނުކުރިކަން ދާދި ދެންމެ އަކު އެކުންފުނީން މީސް މީޑީއާގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފައެވެ.
އެގޮތުން މުބީންއަށް ކުންފުނީގެ ފަރާތުން މަރުހަބާ ކިޔައި އޭނާގެ ލީޑަރޝިޕާއިއެކު ކުންފުންޏަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމުގައި އެމްޓީސީސީން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި މުބީން ވަނީ މީގެ ކުރީން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައި އެވެ.
ނަމަވެސް އެކުންފުނި އެމްއޭސީއެލްއާއިއެކު އެއްކޮށްލުމުން ފާއިތުވި ދުވަސްތަކުގައި މުބީން ބޮޑަށް ފެނިގެން ގޮސްފައިވަނީ ޕީއެންސީގެ އެކި މަސައްކަތްތަކުންނެވެ.
ގުޅުންހުރި

ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް މިނިސްޓަރު ޢަލީ ޝަރީފް، އެމްޓީސީސީގެ އެމްޑީއާ ބައްދަލުކުރައްވައިފި

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ނަރުދަމާއާއި ފެން ހޮޅީގެ އައު ކަނެކްޝަންތައް އެއްކޮށް ނިންމާލައިފި

މުލީ ހޮސްޕިޓަލްގެ ފައުންޑޭޝަން މަސައްކަތް ފަށައިފި




