
ދެއްވަދޫގެ އައު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!
# އެމްޓީސީސީ# ގއ.ދެއްވަދޫ-
ގއ ދެއްވަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު ހާމަކޮށްފި އެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއިއެވެ. އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހާމަކޮށްފައެވެ.
އެގޮތުން އެމްޓީސީސީން ބުނީ މިހާރު ޕްރޮޖެކްޓް ސައިޓުގައި އާ ހާބަރ ބެސިން ޑްރެޖިންގ އޮޕަރޭޝަންތަކާއި ބަންޑްވޯލް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު އެވެ.
މި މަޝްރޫޢުގެ ދަށުން 60،672 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، 29 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، 407 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި، 1256 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 20 މީޓަރު ދިގު 2 މީޓަރު ފުޅާ ބުރިޖެއް ހެދުމުގެ މަސައްކަތާއި ޕޭމަންޓްގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެއެވެ.103 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 630 ދުވަހުން ނިންމާގޮތަށެވެ.
ގުޅުންހުރި

މާފުށި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށް!

ދެއްވަދޫގެ އައު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

ވާދޫ ޖަމާލުއްދީން ސްކޫލުގެ އެކްސްޓެންޝަން މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!




