
ވާދޫ ޖަމާލުއްދީން ސްކޫލުގެ އެކްސްޓެންޝަން މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!
# އެމްޓީސީސީ-
ގދ ވާދޫ ޖަމާލުއްދީން ސްކޫލުގެ އެކްސްޓެންޝަން މަޝްރޫއުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފި އެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއިއެވެ. އެގޮތުން އެމްޓީސީސީއިން މިއަދު ވަނީ މި މަޝްރޫއުގެ އަދާހަމަ މިއަދު ހާމަކޮށްފައެވެ.
އެގޮތުން އެމްޓީސީސީން ބުނީ އެކުންފުނީން މިހާރު ކުރިޔަށްގެންދާ ވާދޫ ޖަމާލުއްދީން ސްކޫލުގެ މަލްޓި ޕާޕަސް ހޯލާއި 4 ކްލާސްރޫމު އިތުރުކުރުމުގެ މަޝްރޫއުގެ ދަށުން އިމާރާތުގެ ގްރަންޑު ފްލޯ މެސަންރީ އަދި ސްޓެޕް ކޮންކްރީޓް މަސައްކަތްތަކާއި ފުރަތަމަ ފަންގިފިލާގެ ބޭރު އާރްސީ ފާރުތައް ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށެވެ.
މި މަޝްރޫއުއަކީ ކުރީ ސަރުކާރުން ނޯރތު ކޯސްޓް ކޮންޓްރެކްޓާރް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ.
ނަމަވެސް އެމަޝްރޫއު ހުއްޓިފައި އޮތުމާއިއެކި މި ސަރުކާރުން ވަނީ އެމަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.
ގުޅުންހުރި

ވާދޫ ޖަމާލުއްދީން ސްކޫލުގެ އެކްސްޓެންޝަން މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް މުބީން!

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: އަންނަ ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ފަށަނީ




