
މަހިބަދޫގައި ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ދިނުމަށް ސްޓެލްކޯއިން ޚާއްސަ މަސަައްކަތްތަކެއް!
# ސްޓެލްކޯ-
އދ މަހިބަދޫގައި ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ދިނުމަށް ސްޓެލްކޯއިން ޚާއްސަ މަސަައްކަތްތަކެއްކުރަމުންދާކަން އެކުންފުނީން ހާމަކޮށްފި އެވެ.

މަހިބަދޫ ހިމެނޭހެން އދ އަދި އއ އަތޮޅުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ސްޓެލްކޯއިންނެވެ.
ސްޓެލްކޯއިން މިއަދު ބުނީ އދ. މަހިބަދޫގައި އެކުންފުނިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެ ރަށުގައި ބޭނުންކުރާ 1000kW ގެ ޖަނަރޭޓަރުސެޓް އޯވަރހޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މަހިބަދޫގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޓެލްކޯއިން ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ސްޓެލްކޯއިން ދަނީ ކުރަމުންނެވެ. މިގޮތުން ބައެއް ރަށްރަށަށް ބޭނުންވާ އިތުރު ގެނެސެޓުތައް ފޮނުވުމާއި މިހާރު ބޭނުންކުރަމުންދާ ޖެނެސެޓުތައް އޯވާހޯލް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
ގުޅުންހުރި

މަހިބަދޫގައި ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ދިނުމަށް ސްޓެލްކޯއިން ޚާއްސަ މަސަައްކަތްތަކެއް!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯއިން ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި

ހޮނު އެޅުމުގެ ސަބަބުން ކަރަންޓު ކެނޑޭނަމަ ޑީ-ބޯޑު ޗެކްކޮށް، ބްރޭކަރު ރީސެޓްކުރަން އިލްތިމާސްކޮށްފި




