
ސްޓެލްކޯގައި 37 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު އިބްރާހީމް ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި
# ސްޓެލްކޯ-
ސްޓޭޓް އިލެކްޓްރިސިޓީ ކޮމްޕެނީ (ސްޓެލްކޯ) އަށް އިޚުލާސްތެރިކަމާއެކު 37 އަހަރާއި 7 މަސްދުވަހުގެ ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި އަލްފާޟިލް މުޙައްމަދު އިބްރާހީމް، ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

މުޙައްމަދު އިބްރާހީމް ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ސްޓެލްކޯގެ އިންވެންޓްރީ މެނޭޖްމަންޓް ޔުނިޓްގެ ސަރވިސް މެނޭޖަރގެ މުހިންމު މަޤާމުގައެވެ.
މިވަގުތު މުޙައްމަދު އިބްރާހިމްގެ ބަލިހާލަތު ހުރިގޮތުން، ކުންފުނީގެ ރަސްމީ ރިޓަޔަރމަންޓް ހަފްލާގައި އޭނާއަށް ބައިވެރިވެވަޑައިގެންނެވެން ނެތުމާ ގުޅިގެން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ވަނީ ޚާއްޞަ އިސްނެންގެވުމެއްގެ ދަށުން މުޙައްމަދު އިބްރާހިމް ދިރިއުޅުއްވާ ގެއަށް ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި، ކުންފުނީގެ މެނޭޖްމަންޓުގެ ފަރާތުން ވަނީ މުޙައްމަދު އިބްރާހީމް ސްޓެލްކޯގެ ކުރިއެރުމަށާއި ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ކޮށްދެއްވާފައިވާ އިޚުލާޞްތެރި މަސައްކަތްތަކުގެ އަގުވަޒަންކޮށް ޝުކުރު ދަންނަވާފައެވެ.
ސްޓެލްކޯއިން ވަނީ މުޙައްމަދު އިބްރާހީމަށް ދާއިމީ ދުޅަހެޔޮކަމާއި އުފާވެރި މުސްތަޤްބަލަކަށް އެދިފައެވެ.
ގުޅުންހުރި

ފޭސް 2 ގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަނީ: އެކި ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑުން އެކަށީގެންވޭ!

ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކަނޑާލަނީ
.jpeg&w=3840&q=75)
ހަކަތަ އިޤްތިޞާދުކުރުމާއި ކަރަންޓުގެ ރައްކާތެރިކަމަށް ތުލުސްދޫގައި ކަނބަލުންނަށް ސްޓެލްކޯގެ ފަރާތުން ޚާއްސަ ތަމްރީނެއް!




