
ބައިނަލަގްވާމީ ރެންސަމްވެއަރ އިންވެސްޓިގޭޝަން ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތް-
އިންޑޮނޭޝިއާގެ ސެމަރަންގްގައި ހުންނަ ޖަކާޓާ ސެންޓަރ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން (ޖޭ.ސީ.އެލް.އީ.ސީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރެންސަމްވެއަރ އިންވެސްޓިގޭޝަންތަކާ ގުޅޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

"ރެންސަމްވެއަރ" ގެ ނަމުގައި 2026 މެއި 4 އިން 6 އަށް ކުރިއަށްދިޔަ މި ޕްރޮގްރާމަކީ، ރެންސަމްވެއަރއާ ގުޅުންހުރި މައްސަލަތަކާއި ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ތަހުގީގީ ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ބޭއްވި ތަމްރީން ޕްރޮގްރާމެކެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބައިވެރިވެފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހަނާ އަހުމަދާއި ސާޖަންޓް އަލީ އާސިފް މޫސާ އެވެ.
މި ޕްރޮގްރާމަކީ ރެންސަމްވެއަރގެ މައްސަލަތައް ތަހުގީގުކުރުމުގައި އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތަކާއި، ކުށުގެ މައިދާން ބެލެހެއްޓުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު އޮފިސަރުންނަށް ފޯރުކޮށްދިނުމަށް އަމާޒުކޮށް ހިންގި ތަމްރީން ޕްރޮގްރާމެކެވެ. އެގޮތުން، ހެކި ރައްކާތެރިކުރުމާއި، ކުށުގެ ޝިކާރައަކަށް ވާ ފަރާތްތަކާ މުއާމަލާތްކުރާނެ ގޮތްތަކާއި، އާންމު ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން ހޯދުމުގެ އިތުރުން ރެންސަމްވެއަރ ހާދިސާތަކާ ގުޅޭ ފުރަތަމަ މަރުހަލާގެ ތަހުގީގީ އުކުޅުތަކާ ގުޅޭގޮތުން މި ތަމްރީނުގައި މައުލޫމާތު ދީފައިވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އަންނަނީ، މިފަދަ ހާއްސަ ތަމްރީނުތަކާއި ބައިނަލްއަގުވާމީ ގުޅުންތަކުގެ އެހީގައި، އަލަށް އުފެދޭ ސައިބަރ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރަމުންނެވެ.
ގުޅުންހުރި

ލަންކާގައި ބޭއްވި ހިއުމަން ސްމަގްލިންގްއާ ގުޅޭ ސަރަހައްދީ ބައްދަލުވުމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

ބައިނަލަގްވާމީ ރެންސަމްވެއަރ އިންވެސްޓިގޭޝަން ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

ސިންގަޕޫރުގައި ބޭއްވި އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމްގައި ދިވެހި ފުލުހަކު ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފި




