
ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް މިނިސްޓަރު ޢަލީ ޝަރީފް، އެމްޓީސީސީގެ އެމްޑީއާ ބައްދަލުކުރައްވައިފި
# އެމްޓީސީސީ-
ސަރުކާރުން ކުރިއަށްގެންދަވާ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް މިހާރަށްވުރެ ހަރުދަނާކޮށް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓަރު ޢަލީ ޝަރީފް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅިގެން މަސައްކަތް ކުރެވިދާނެ އައު ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން، ރަށްރަށުގެ ބަނދަރު ހެދުމާއި، މަގު ހެދުމުގެ މަޝްރޫޢުތަކުގެ އިތުރުން އަސާސީ ޚިދުމަތްތަކާ ގުޅުންހުރި އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ދެ މުއައްސަސާގެ ދެމެދުގައި އޮންނަ އެއްބާރުލުން މިހާރަށްވުރެ ވަރުގަދަ ކުރެވޭނެ އީޖާދީ ގޮތްތަކަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކުރުމަށާއި، ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައެވެ. އެ ސިޔާސަތުގެ ދަށުން ބޭއްވުނު މި ބައްދަލުވުމަކީ ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރައްވައި، މިއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ދެ ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައުދީ ވަނީ މިނިސްޓްރީއާ ގުޅިގެން މިހާރުވެސް ކުރިއަށްދާ އަދި ކުރިއަށް ރޭވިފައި ހުރި ހުރިހާ މަސައްކަތްތަކެއްގައިވެސް އެމްޓީސީސީގެ ފުރިހަމަ އެއްބާރުލުމާއި ފަންނީ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރު ޢަލީ ޝަރީފަށް އަރުވާފައެވެ.
ގުޅުންހުރި

ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް މިނިސްޓަރު ޢަލީ ޝަރީފް، އެމްޓީސީސީގެ އެމްޑީއާ ބައްދަލުކުރައްވައިފި

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ނަރުދަމާއާއި ފެން ހޮޅީގެ އައު ކަނެކްޝަންތައް އެއްކޮށް ނިންމާލައިފި

މުލީ ހޮސްޕިޓަލްގެ ފައުންޑޭޝަން މަސައްކަތް ފަށައިފި




