
ކުރިއަށް އޮތް ދުވަސްތަކުގަ ޑީއެންއާރުގެ ދައުރު ދާނީ ފުޅާވަމުން: އިޙްސާން
# ޑީއެންއާރް# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާފޮޓޯ: ޑީއެންއާރު
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު)ގެ ދައުރު ކުރިއަށް އޮތް ދުވަސްތަކުގަ ދާނީ ފުޅާވެގެން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަކީ 1984 ވަނަ އަހަރު އުފެދި، ދިވެހިރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަން ސިސްޓަމެއް ޤާއިމް ކުރުމުގެ ގޮތުން، ރަޖިސްޓްރޭޝަންގެ ރެގިއުލޭޓިންގ ބޮޑީގެ ގޮތުގައި މެންޑޭޓް ކުރެވިފައިވާ ދިވެހި ދައުލަތުގެ މުއައްސަސާއެކެވެ.
ޑީއެންއާރުގެ 42ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގަ ޑީއެންއާރުގެ މަސައްކަތްތައް ދާނީ އިތުރަށް ފުޅާވެގެން ކަމަށާއި އެގޮތުން ސިވިލް ރަޖިސްޓްރޭޝަނަކަށް މުޅި ނިޒާމު ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
ވަޒީރު ވަނީ ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޑީއެންއާރުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކުން ރައްޔިތުންނާ ގާތުން މިހާރު ލިބޭކަން ފާހަގަކުރައްވާފައެވެ.
ޑީއެންއާރަށް ޚިދުމަތް ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ޑީއެންއާރާއި މިވަގުތު ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ އަަހުމަދު އާލީ އަދި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރ އިސްމާއީލް އިރުފާނު ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެ ދެ ބޭފުޅުންނަނަށްވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އިން ބަލަހައްޓާ ދިވެހިރައްޔިތުންގެ މައުލޫމާތުތައް ބެލެހެއްޓުމުގައާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ މަސައްކަތް ކުރުމުގައި ޒަމާނާ އެއްގޮތަށް އެންމެ ފުރިހަމަ ޙިދުމަތް، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާ އެކު ލިބޭނޭހެން މަސައްކަތް ކުރުމަކީ ޑީއެންއާރުގެ އަމާޒެވެ.
ގުޅުންހުރި

ކުރިއަށް އޮތް ދުވަސްތަކުގަ ޑީއެންއާރުގެ ދައުރު ދާނީ ފުޅާވަމުން: އިޙްސާން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 20 ކޯޓާ އާ ހަމައަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތް ހަދައިފި

ބޮޑީ ސްކޭނަރުގެ ސަބަބުން ޖަލުން އަންނަ ސްކޭމް ކޯލްތައް މަދުވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް: އިހްސާން




