logoEN
WAMCO TOP 1
ބިންވެރިޔާ ސްކީމްގެ 3 ވަނަ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބިންވެރިޔާ ސްކީމްގެ 3 ވަނަ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

# ގޯތިގެދޮރު# ބިންވެރިޔާ# ބިންވެރިޔާ

ފްލެޓް

"ގޯތިގެދޮރު" ޕްރޮގްރާމްގެ ބިންވެރިޔާ ހާއްސަ ސްކީމްގެ ކެޓަގަރީ 3 ގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

THE TRAVELLER AD

މި ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ 23:59 އާ ހަމައަށް ހުޅުވާލާފައިވާއިރު، މި ކެޓަގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ 2 ބަޔަކަށެވެ.

އެއީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތްތަކުން ގޯތި ދޫކޮށް ފްލެޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތައް އަދި ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކެވެ.

މި ޕްރޮގްރާމްގެ ދަށުން ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތި ދޫކުރާއި، ފްލެޓް ދޫކުރަނީ މާލެ ސަރަހައްދުންނެވެ.

View post on Twitter

ބިންވެރިޔާ ސްކީމްގެ ޚާއްސަ ކެޓެގަރީތައް

ކެޓަގަރީ 1 - ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން.ކެޓަގަރީ 2 - ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން.ކެޓަގަރީ 3 - ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަނެއް ހުށަހެޅި މީހުން ނުވަތަ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ މީހުން.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ. އަދި ފޯމް ހުށައެޅުމަށް މިދިޔަ ޖަނަވަރީމަހުގައި ހުޅުވާލާފައިވާއިރު، ސަރުކާރުން ހުޅުވާލާފައިވަނީ 15،000 ގޯއްޗާއި 7،900 ފްލެޓަށެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުުއިއްޒު ވަނީ ރައްޔިތުންނާ ބައްދަލުކޮށް، އާންމުންގެ ހިޔާލުގެ މައްޗަށް ބައެއް ކެޓަގަރީތައް އިތުރުކޮށްފަ އެވެ.

ކޮމެންޓް
ފަހުގެ
HDC