
ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރަން ހުޅުވާލި މުއްދަތު އިތުރުކޮށްފި
# ގުޅީފަޅު# ގިރާވަރު ފަޅު# ބިންވެރިޔާ--
ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ގުޅިފަޅަށް ބަދަލު ކުރަން ހުޅުވާލި މުއްދަތު ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާތީ އެ މުއްދަތު 18 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 23:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބިމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިމެއް ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލީ ގިރާވަރުފަޅުން ހިއްކާ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ނެތި، ގޯތިތައް ދޫކޮށްފައިވާތީއެވެ.
ގުޅުންހުރި

ގުޅިފަޅުގެ މަގު ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަޝްރޫޢު ޗައިނާގެ ސީއެމްއީސީއަށް!

ގުޅިފަޅަށް ގޯތި ބަދަލުކުރަން އިތުރު ފުރުސަތެއްދީފި

ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލު ކުރަން ލާޒިމްވާ އިސްލާހް ފާސްކޮށްފި
