
-
ބިންވެރިޔާ ޚާއްޞަ ސްކީމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚް 01 އެޕްރީލް 2026 ވަނަ ދުވަހުގެ 11:00 އަށް ފަސްކޮށްފިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލާ، ވަކިން ގޯއްޗަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު މިމަހުގެ 24ވަނަ ދުވަހު ހުޅުވާލުމަށް މީގެ ކުރިން ވަނީ ނިންމާފައެވެ.
މި ސްކީމް ބަހާލާފައިވަނީ، މައިގަނޑު ދެ ކެޓަގަރީއަކަށެވެ. ކެޓަގަރީ 1 އަކީ، ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު މީހުންނެވެ. މި މީހުން ގޯއްޗަށް އެދި ހުށަހަޅަންވާނީ، ޖޮއިންޓުކޮށް އެއް އެޕްލިކޭޝަނެކެވެ.ކެޓަގަރީ 2އަކީ، ކުރިން ފުލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުންނެވެ. މި ކެޓަގަރީން ކުރިމަތިލާ މީހުންނަށް ގޯތި ލިބި، އެ ގޯތި ޙަވާލުކުރުމާއެކު، ކުރިން ލިބިފައިވާ ފުލެޓު ދޫކޮށްލާނެ ކަމަށް އެއްބަސްވެ އިޤުރާރުވާން ޖެހޭނެއެވެ.
މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ޕޯޓަލް މެދުވެރިކޮށެވެ.
މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން، 1250 (ބާރަސަތޭކަ ފަންސާސް) އަކަފޫޓުގެ ގޯއްޗެވެ.
މި އުސޫލުގައި ހިމެނޭ މައި ކެޓަގަރީތަކަކީ:
- ކެޓަގަރީ-1، ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް
- ކެޓަގަރީ–2، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް
މި އުސޫލާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004860, 4004861, 4004862, 4004863, 4004864 ނުވަތަ 4004865 ގުޅުއްވައިގެން ނުވަތަ މިނިސްޓްރީގައި ޤާއިމްކޮށްފައިވާ ހެލްޕް ޑެސްކުން ލިބިވަޑައިގަންނަވާނެއެވެ.
ގުޅުންހުރި

ބިންވެރިޔާ ޚާއްސަ ސްކީމުގެ ދަށުން ގޯއްޗަށް ހުށަހެޅުމަށް ހުޅުވާލާނީ 1 އެޕްރީލްގައި!

ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލު ކުރަން ލާޒިމްވާ އިސްލާހް ފާސްކޮށްފި

ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

.gif&w=3840&q=75)



