logoEN
WAMCO TOP 1
އުތުރަށް މޫސުން ގޯސް: ހުދު ސަމާލު ނެރެފި

އުތުރަށް މޫސުން ގޯސް: ހުދު ސަމާލު ނެރެފި

އަހުމަދު ޝުރާއު

logo

5/9/2026, 6:52:28 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި އެވެ.

THE TRAVELLER AD

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް މިއަދުގެ 11:30 އިން ހަވީރު 17:00 ގެ ނިޔަލަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުމުގެ އިތުރުން ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ފާއިތުވި ހަފްތާއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާއިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރޭ ވަނީ ކުރިޔަށް އޮތް 5 ދުވަހަށް ރާއްޖޭގެ ސަރަހައްދަށް ވަރަށް ބޮޑަށް ވައިވެސް ގަދަވާނެ ކަމުގެ މޫސުމީ އިންޒާރު ނެރެފައި އެވެ.

ކޮމެންޓް
ފަހުގެ
HDC