logoEN
WAMCO TOP 1
ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި އުމުރުން 16 އަހަރުގެ އަލްޙާފިޡާ ލިބާއަށް ހިތްވަރުދެއްވައިފި

ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި އުމުރުން 16 އަހަރުގެ އަލްޙާފިޡާ ލިބާއަށް ހިތްވަރުދެއްވައިފި

އަހުމަދު ޝުރާއު

logo

5/8/2026, 7:03:21 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި އުމުރުން 16 އަހަރުގެ އަލްޙާފިޡާ ލިބާ ބިންތި މުޙައްމަދު ޢާރިޟް (ބްލޫސަން، ތ. ތިމަރަފުށި) އާއި ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އަލްޙާފިޡާ ލިބާ ބިންތި މުޙައްމަދު ޢާރިޟް ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ކީރިތި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ނަސޭޙަތްތެރިވެލައްވާ ހިއްވަރު ދެއްވާފައެވެ.

އަލްޙާފިޡާ ލިބާ ބިންތި މުޙައްމަދު ޢާރިޟް ޙާފިޡުކަމުގެ ސަނަދު ހާސިލްކުރީ 3 މެއި 2026 ގައެވެ. އަދި ސަނަދު ހާސިލްކޮށްފައިވަނީ 1 މަސް ދުވަސްތެރޭ ޤުރުއާނާއި ބެހޭ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް ކިޔުއްވާ 1 ވަނަ ދަރަޖައިގައި ފާސްވެގެންނެވެ.

ކޮމެންޓް
ފަހުގެ
HDC