
އިސްލާމީ ވުޒާރާގެ ބޮޑެތި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ދީނީ ދާއިރާ ކުރިއެރުވުމަށް ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

އިއްޔެ ބޭއްވުނު މި ޚާއްސަ ބައްދަލުކުރެއްވުމުގައި، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އިސް ބައެއް ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން، އިސްލާމީ ވުޒާރާގެ ފަރާތުން މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތަކުގެ ފަހުގެ ތަފްސީލީ މައުލޫމާތުތައް ވަނީ މާލީ ވަޒީރާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ދީނީ އަދި އުމްރާނީ ދާއިރާ ތަރައްޤީކުރުމަށްޓަކައި އެ ވުޒާރާއިން ރާވައި ފަރުމާކޮށްފައިހުރި މުހިންމު މަޝްރޫޢުތަކުގެ ޕްލޭންތައްވެސް ވަނީ މާލީ ވަޒީރުގެ ސަމާލުކަމަށް ގެންނަވާފައެވެ.
ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ، އިސްލާމީ ވުޒާރާއިން ހިންގާ ދީނީ އަދި އިޖުތިމާއީ ބޮޑެތި މަސައްކަތްތަކަށް ބޭނުންވާ ބަޖެޓާއި، މާލީ ވުޒާރާގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ދެވޭނެ އެންމެ ފަހި ގޮތްތަކާ ބެހޭގޮތުންނެވެ. އެގޮތުން ދައުލަތުގެ ބަޖެޓުގެ ތެރެއިންނާއި، އިތުރު މާލީ ވަސީލަތްތައް މެދުވެރިކޮށް މި މަޝްރޫޢުތައް ހުއްޓުމެއްނެތި ބާރުދުވެލީގައި ކުރިއަށްގެންދިއުމަށް ކުރެވިދާނެ ކަންކަމާ މެދު ދެ ވުޒާރާގެ އިސްވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
ގުޅުންހުރި

އިސްލާމީ ވުޒާރާގެ ބޮޑެތި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި

"ކުރިއަށް އޮތް ޤަރުނަށް އިސްލާމްދީނުގެ ޝިޢާރު ފާޅުކުރާނެ، ހަރުދަނާ ވަރުގަދަ ޖީލެއް މިރާއްޖޭގައި ބިނާކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއް"

އިސްލާމީ ދާއިރާގެ 79 އެއް ކުރިޔަށް؛ ހުޅުމާލޭގެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރުގައި!




