
އިސްލާމީ ދާއިރާގެ 79 އެއް ކުރިޔަށް؛ ހުޅުމާލޭގެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރުގައި!
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާ ކުރިއެރުވުމަށާއި ދީނީ ބިނާތައް ބަހައްޓައި ތަރައްޤީކުރުމަށްޓަކައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫޢުތަކުގެ ޖުމްލަ އަދަދު މިހާރު 79 އަށް އަރައިފިއެވެ.

ރާއްޖޭގެ ދީނީ އޮނިގަނޑު ވަރުގަދަކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ހިންގާ މި މަޝްރޫޢުތައް މިހާރު ހުރީ ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ގޮތަށް ރޭވިފައެވެ.
މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްސީލަށް ބަލާއިރު، މީގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި ބިނާކުރާ 45 މިސްކިތެއްގެ މަޝްރޫޢުއާއި، އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ޤާއިމުކުރާ 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫޢުގެ އިތުރުން 16 ޤުރުއާން ސެންޓަރުގެ މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން، ދީނީ ކަންކަމަށް ދާއިމީގޮތެއްގައި އާމްދަނީ ހޯދުމަށްޓަކައި އިސްލާމީ ދާއިރާއިން ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ ވަޤްފު ބިނާކުރުމުގެ 6 މަޝްރޫޢުއެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ދައުރުގެ ތެރޭގައި ކުރިއަށްދާ އެންމެ ފާހަގަކޮށްލެވޭ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި ބިނާ ކުރާ "ދާރުލްއަރުޤަމް" ވަޤްފު އިމާރާތާއި، ހުޅުމާލޭގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ "ދާރުއްސަލާމް" ވަޤްފު ޢިމާރާތުގެ މަޝްރޫޢު ހިމެނެއެވެ. މި ބިނާތަކަކީ ވުޒާރާގެ މާލީ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، މިހާތަނަށް ދިވެހިރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު އަދި އެންމެ ޖާގަ ތަނަވަސް މިސްކިތް ހުޅުމާލޭގައި ބިނާކުރުމުގެ ތައްޔާރީތައްވެސް ވުޒާރާއިން ދަނީ ވަރަށް ބާރަށް ކުރަމުންނެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ހުޅުމާލޭގައި ބިނާކުރާ މި ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް މިހާރު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބޮޑު މަޝްރޫޢަށް ބޭނުންވާ ފައިނޭންސިންގ ނުވަތަ މާލީ އެހީތެރިކަން ރާއްޖޭން ބޭރުގެ ޚާއްޞަ ފަރާތަކުން މިހާރު އެއްކޮށް ހަމަޖެހިފައިވާކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ. މި ބަދަލުތަކާއެކު ރާއްޖޭގެ ދީނީ ޚިދުމަތްތަކުގެ ފެންވަރު މުޅިން އައު އުސްމިނަކަށް ބަދަލުވެގެންދާނެއެވެ.
ގުޅުންހުރި

އިސްލާމީ ދާއިރާގެ 79 އެއް ކުރިޔަށް؛ ހުޅުމާލޭގެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރުގައި!

ވަންދޫގައި އަލަށް އިމާރާތްކުރާ ރީތި މިސްކިތުގެ މަސައްކަތުގެ 95 އިންސައްތަ ނިމި، ހުޅުވުމަށް ތައްޔާރުވެއްޖެ!

މީދޫ ކައުންސިލާ ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައި އިސްލާމީ ދާއިރާއިން ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި




