logoEN
WAMCO TOP 1
"ކުރިއަށް އޮތް ޤަރުނަށް އިސްލާމްދީނުގެ ޝިޢާރު ފާޅުކުރާނެ، ހަރުދަނާ ވަރުގަދަ ޖީލެއް މިރާއްޖޭގައި ބިނާކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއް"

"ކުރިއަށް އޮތް ޤަރުނަށް އިސްލާމްދީނުގެ ޝިޢާރު ފާޅުކުރާނެ، ހަރުދަނާ ވަރުގަދަ ޖީލެއް މިރާއްޖޭގައި ބިނާކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއް"

އަހުމަދު ޝުރާއު

logo

6/29/2026, 10:16:10 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

ކުރިއަށް އޮތް ޤަރުނަށް އިސްލާމްދީނުގެ ޝިޢާރު ފާޅުކުރާނެ، ހަރުދަނާ ވަރުގަދަ ޖީލެއް މިރާއްޖޭގައި ބިނާކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއްކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވަޒީރު މިހެން ވިދާޅުވީ، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ހަތަރު ވަނަ ބުރު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ދިނުމަށް ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވުނު ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ކުރިމަގަށް ވިސްނާއިރު، މިފަދަ މުހިއްމު ބިންގާތަކެއް އަޅުގަނޑުމެން އަޅަން ޖެހޭކަމަށާއި، މި ދާއިރާއިން ވަރަށް ގިނަ ރަށްރަށް އޮތް ދަތިތައް ޒުވާން ޚަޠީބު ޕްރޮގުރާމާއެކު ހައްލުވެގެން ގޮސްފައިވާކަމަށެވެ. މި ޕްރޮގުރާމު ފެށިއިރު، އިމާމުވެ ހުކުރު ކުރާނެ ޚަޠީބުން ނެތް ރަށްރަށް ހުރިކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުުރައްވާފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ޒުވާން ޚަޠީބުންނަށް ގިނަ އިރުޝާދުތަކާއި ނަޞޭޙަތް ދެއްވާފައެވެ. އެގޮތުން ޚަޠީބުން ޚިޔާރުކޮށްފައިވަނީ ވަރަށް ހެޔޮ މަގެއްކަމަށާއި އިމާމުންގެ މަޤާމަކީ ވަރަށްވެސް މަތިވެރި މަޤާމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަދި ޚަޠީބުން މަސްޢޫލިއްޔަތު އުފުލުމުގައި ވަރަށް ބޮޑަށް ސަމާލުލަން ދޭން ޖެހޭނެކަމަށާއި، އެގޮތުން ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި، ކަމަށްކަމޭހިތުމާއި، ޚުޠުބާ ކިޔުމަށް މިމްބަރަށް އެރުމުގެ ކުރިން ޚުޠުބާ މުރާޖަޢާކުރުމަށް ވަޒީރު ވަނީ ނަސޭޙަތްތެރިވެލައްވާފައެވެ. އަދި މުޖުތަމަޢުގައި އުޅޭއިރު ކޮންމެ ޚަޠީބަކީވެސް ރަނގަޅު މީހެއްކަން ރަމްޒު ވާން ޖެހޭނެކަމަށާއި، އެހެން ކުދިންނަށް ނަމޫނާ ލިބިގެންދާނެ ފަދަ ޝަޚުސިއްޔަތުތަކަކަށްވުމަކީ މުހިއްމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒުވާން ޚަޠީބުން އުފެއްދުމަށް ވުޒާރާއިން ފަށާފައިވާ ޚާއްސަ ޕްރޮގުރާމުގެ ދަށުން 621 ޒުވާން ޚަޠީބުން މިހާތަނަށް ސަނަދު ޙާސިލްކޮށްފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން 1000 ޒުވާން ޚަޠީބުން އުފެއްދުމަށް ވުޒާރާއިން ވަނީ އަމާޒު ހިފާފައެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ދާއިރާއިން ކުރިއަށް ގެންދާ އެންމެ މުހިއްމު އެއް މަސައްކަތްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ފަހުގެ
HDC