logoEN
WAMCO TOP 1
ވަންދޫގައި އަލަށް އިމާރާތްކުރާ ރީތި މިސްކިތުގެ މަސައްކަތުގެ 95 އިންސައްތަ ނިމި، ހުޅުވުމަށް ތައްޔާރުވެއްޖެ!

ވަންދޫގައި އަލަށް އިމާރާތްކުރާ ރީތި މިސްކިތުގެ މަސައްކަތުގެ 95 އިންސައްތަ ނިމި، ހުޅުވުމަށް ތައްޔާރުވެއްޖެ!

އަހުމަދު ޝުރާއު

logo

6/19/2026, 5:56:58 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

ތ. ވަންދޫގައި ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ މަގުފަހިކުރުމަށްޓަކައި އަލަށް އިމާރާތްކުރަމުންދާ ޒަމާނީ މިސްކިތުގެ އެންމެހައި އަމަލީ މަސައްކަތްތަކުގެ 95 އިންސައްތަ މިހާރު ވަނީ މުޅިން ނިމުމަކާ ގާތްވެފައެވެ.

THE TRAVELLER AD

މިސްކިތުގެ ބޮޑުބައި ނިމިފައިވާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މި މިސްކިތް ރަސްމީކޮށް ހުޅުވައި، އާންމުންނަށް ނަމާދުކުރަން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ނުހަނު ހަލުވިކަމާއެކު ކުރިއަށްދަމުންނެވެ.

އަލަށް ބިނާކުރި މި މިސްކިތަކީ އެއްވަގުތެއްގައި ޖުމްލަ 300 މީހުންނަށް ފަސޭހަކަމާއެކު ޖަމާޢަތުގައި ނަމާދުކުރެވޭނެ ފަދަ ޖާގަ ތަނަވަސް ރީތި މިސްކިތެކެވެ. މީގެ އިތުރުން، މިސްކިތް ފަރުމާކޮށްފައިވަނީ ރަށުގެ އަންހެނުންނަށާއި ފިރިހެނުންނަށްވެސް ވަކިން ވުޟޫކޮށް، އެއްވެސް ދައްޗެއް ނެތް ގޮތަކަށް ވަކިން ނަމާދުކުރެވޭނެ ޚާއްޞަ އިންތިޒާމުތަކާއި ވަސީލަތްތަކާ އެކުގައެވެ. މިއީ ވަންދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މި ބޮޑު މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޖުމްލަ 9,778,268 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ ފަރާތުން މި މިސްކިތް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން ދަނީ މިސްކިތުގެ އެތެރެއާއި ބޭރުގެ ފިނިޝިންގ މަސައްކަތްތައް ނިންމައި، މިސްކިތް ހުޅުވުމަށްޓަކައި ސަރުކާރާ ހަވާލުކުރުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC