logoEN
WAMCO TOP 1

މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2026.. ފޮޓޯ: ގާފު ސްޕޯޓްސް

މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށް، ރާއްޖޭގައި ބާއްވާ "މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2026" މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

THE TRAVELLER AD

މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ރައީސް އަލީ ރައީފް ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވި ގޮތުގައި މިހާރު ކުރިއަށްދަނީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. އަދި ވޯލްޑް މާސްޓަރސް އެތްލެޓިކްސްގެ މިންގަނޑުތަކަށް ފެތޭގޮތައް ބާއްވާ މި މުބާރާތުގައި މިއަހަރު ރާއްޖޭގެ އިތުރުން އިތުރު ހަތް ގައުމެއްގެ އެތްލީޓުން ވާދަކުރާއިރު، އޭގެތެރޭގައި އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް، ސިންގަޕޫރު، ހަންގޭރީ އިތުރުން ޑެންމާކްގެ އެތްލީޑުން ހިމެނެއެވެ. 07 މެއި 2026 އިން 09 މެއި 2026 ގެ ނިޔަލަށް މާލޭ ސިޓީ ކުޅިވަރު އެކުވެނި ސިތެޓިކް ޓްރެކުގައި ކުރިއަށްދާ މިމުބާރާތް މިއަހަރު އަށް އުމުރުފުރައަކަށް ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 50 އަހަރުން މަތި އަދި 55 އަހަރުން މަތި، 60 އަހަރުން މަތި، 65 އަހަރުން މަތި އަދި 70 އަހަރުން މަތީގެ އުމުރުފުރައެވެ.

މުބާރާތުގެ އިވެންޓުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 07:00 އިން 09:00 އަށް އަދި މެންދުރު ފަހު 16:00 އިން 18:00 އަށެވެ. މީގެ އިތުރުން މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތަކަކީ 100 މީޓަރު، 200 މީޓަރު، 1500 މީޓަރު، 5000 މީޓަރު، 10،000 މީޓަރު، 4×400 މީޓަރު (މިކްސް ރިލޭ)، 4×800 މީޓަރު (މިކްސް ރިލޭ)، ޝޮޓް ޕުޓް ތްރޯއިންގ، ޑިސްކަސް ތްރޯއިންގ އަދި ޖެވަލިންގ ތްރޯއިންގ އެވެ.

ކޮމެންޓް
ފަހުގެ
HDC