
ފޯޑެން މެންޗެސްޓާ ސިޓީގައި އިތުރު ހަތަރު އަހަރު މަޑުކުރަން އެއްބަސްވެއްޖެ
# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާރ ސިޓީފިލް ފޯޑެން..
ޕްރެމިއާ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމެނުން އަންނަ އިނގިރޭސި ފޯވާޑް ފިލް ފޯޑެން އެކުލަބުގައި އިތުރު ހަތަރު އަހަރު މަޑުކުރުމަށް އެއްބަސްވެފައިވާކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އުމުރުން 17 އަހަރުގައި ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީގެ ފުރަތަމަ ޓީމަށް ކުޅެން ފެށި ފޯޑެން އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، އައު އެއްބަސްވުމާއެކު 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފޯޑެން މެންޗެސްޓާ ސިޓީގައި މަޑުކުރާނެއެވެ. އަދި މި އެއްބަސްވުމުގެ މުއްދަތު ކުލަބުން ބޭނުންވެއްޖެ ނަމަ އިތުރު އެއްއަހަރަށް އިތުރުކުރެވިދާނެ އެވެ.
އުމުރުން 25 އަހަރުގެ ފޯވާޑް މިހާތަނަށް މެންޗެސްޓާ ސިޓީގެ ޖާޒީގައި ކުޅުނު 365 މެޗުގައި 110 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވީ ނަމަވެސް މިސީޒަނުގައި ފޯޑެންގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ފަހުން އޭނާއަށް މިހާތަނަށް އެންމެ ލަނޑެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ނަމަވެސް، މި އައު އެއްބަސްވުމަކީ ދެ ފަރާތުގެ މެދުގައި އޮތް އިތުބާރާއި، ކުރިއަށް އޮތް ތަނުގައިވެސް އެކުގައި މަސައްކަތް ކުރުމަށް އިސްކަންދޭ މިންވަރު ހާމަވެގެންދާ އެއްބަސްވުމެކެވެ. ލީގުގައި އެންމެ ފަހުން އެވަަޓަންއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި ފޯޑެން ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި 3-3 ގެ ނަތީޖާއަކު އެއްވަރުވި އެ މެޗަށްފަހު، ސިޓީ މިވަގުތު ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް އާސެނަލްއަށްވުރެ ފަސް ޕޮއިންޓް ފަހަތުގައެވެ. ނަމަވެސް އާސެނަލް އިން ވަނީ ސިޓީއަށް ވުރެ އިތުރު އެއް މެޗު ކުޅެފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ވޯލްޑްކަޕަށް، އިނގިރޭސި ގައުމީ ޓީމުގެ ކޯޗް ތޯމަސް ޓުޗެލް އެކުލަވާލާ ސްކޮޑުން ޖާގައެއް ލިބޭނެކަމުގެ އުންމީދުގައި ފޯޑެން ހުރި ނަމަވެސް ޓުޗެލް މިދިޔަ މަހު ބުނީ، އިންގްލެންޑުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ފޯޑެންއަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތުދިން ނަމަވެސް، ވޯލްޑް ކަޕަށް އެކުލަވާލާ ފައިނަލް 24 ކުޅުންތެރިންގެ ސްކޮޑުން އޭނާއަށް ޖާގައެއް ޔަގީން ނޫން ކަމަށެވެ.
2016 ވަނަ އަހަރު ސިޓީއަށް ކުޅެން ފެށި ފޯޑެން ވަނީ ފާއިތުވެދިޔަ 10 އަހަރު ތެރޭގައި އެކުލަބާއެކު، ޕްރެމިއާ ލީގު ހަ ފަހަރު، ލީގު ކަޕް ފަސް ފަހަރު، ކިނިއުނިޓީ ޝީލްޑާއި އެފްއޭކަޕް ދެ ފަހަރު، ކާމިޔާބުކުރުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގާއި. ޔުއެފާ ސްޕަރ ކަޕް އަދި ކުލަބު ވޯލްޑްކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.
ގުޅުންހުރި

ފޯޑެން މެންޗެސްޓާ ސިޓީގައި އިތުރު ހަތަރު އަހަރު މަޑުކުރަން އެއްބަސްވެއްޖެ

އަލް ޚަލީޖް އިން ހަދިޔާކުރި ލަނޑާއެކު އަލް ހިލާލް އިން ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި

މެޗަކުން ބަލިނުވެ އާސެނަލް ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަ ހޯދައިފި




