logoEN
WAMCO TOP 1
މާސްޓަރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2026 ގައި ވާދަކުރާ ބޭރުގެ ޓީމުތައް ރާއްޖެ އަންނަން ފަށައިފި

މާސްޓަރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2026 ގައި ވާދަކުރާ ބޭރުގެ ޓީމުތައް ރާއްޖެ އަންނަން ފަށައިފި

ހަސަން ޝަމްއޫން

logo

5/5/2026, 2:01:35 PM

# ދިވެހި ކުޅިވަރު # މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް# މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2026

މުބާރާތުގައި ވާދަކުރާ ސްރީލަންކާގެ މާސްޓަރސް ޓީމު.. ފޮޓޯ: ގާފު ސްޕޯޓްސް

މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށް އަންނަ މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ "ދެވަނަ މާސްޓަރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސް" ގައި ވާދަކުރާ ރާއްޖެ އިން ބޭރުގެޓީމުތައް މިއަދު މާލެ އަންނަން ފަށައިފިއެވެ.

THE TRAVELLER AD

ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ނައިބް ރައީސް މުހައްމަދު އާމިރު ވިދާޅުވީ މުބާރާތުގައި ވާދަކުރާ ރާއްޖެ އިން ބޭރުގެ ޓީމުތަކުގެ ތެރެއިން ސްރީލަންކާ އަދި ބަންގްލަދޭޝްގެ މާސްޓަރ ޓީމު ރާއްޖެ އައިސްފައިވާކަމަށެވެ.

"ލަންކާ ޓީމުގެ އެއްބައި ކުޅުންތެރިން މިއަދު އައީ އަދި ބާކީ ތިބި ކުޅުންތެރިން މާދަމާ ހެނދުނު އަންނާނެ" އަދި މީގެ އިތުރުން އިންޑިޔާ އިން މުބާރާތުގައި ވާދަކުރާ ތިން ޓީމު ވެސް މާލެ އައުމަށް ހަމަޖެހިފައިވަނީ މާދާމާގެ ވަގުތެއްގައެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން އިތުރު ފަސް ގައުމަކުން ޓީމުތައް ވާދަކުރާއިރު، އޭގެތެރޭގައި ސްރީލަންކާ، ބަންގްލަދޭޝް، ޑެންމާކްގެ އިތުރުން އިންޑިޔާގެ ތިން ޓީމެއް ހިމެނެއެވެ. އެގޮތުން އިންޑިޔާގެ ޗެންނާއީ އާއި ގުޖްރާތުގެ އިތުރުން ބެންގަލޫރުން ވެސް ވަނީ މިމުބާރާތުގައި ޓީމެއް ބައިވެރިކޮށްފައެވެ. އަދި މީގެ އިތުރުން މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބައެއް ކުލަބުތަކުގައި ނޭޕާލާއި ހަންގޭރީގެ އިތުރުން ސިންގަޕޫރުގެ އެތްލީޓުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

07 މެއި 2026 އިން 09 މެއި 2026 ގެ ނިޔަލަށް މާލޭ ސިޓީ ކުޅިވަރު އެކުވެނީ ސިތަޓިކް ޓްރެކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް މިއަހަރު އަށް އުމުރުފުރައަކަށް ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 50 އަހަރުން މަތި އަދި 55 އަހަރުން މަތި، 60 އަހަރުން މަތި، 65 އަހަރުން މަތި އަދި 70 އަހަރުން މަތީގެ އުމުރުފުރައެވެ.

ކޮމެންޓް
ފަހުގެ
HDC