logoEN
WAMCO TOP 1
ޔާމީނުގެ ޕީއެންއެފަށް ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު އީސީން ދީފި

ޔާމީނުގެ ޕީއެންއެފަށް ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު އީސީން ދީފި

އަހުމަދު ޝުރާއު

logo

5/4/2026, 4:27:12 PM

# ޕީއެންއެފް

-

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސީ ހަރަކާތްތައް ކުރިޔަށްގެންދާ ޕީޕަލްސް ނޭޝަނަލް ފްރަންޓަށް ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

THE TRAVELLER AD

އީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށާއި އެގޮތުން، ސިޔާސީ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގައި ހުއްދަކުރާ ދާއިރާގެ ތެރެއިން ޢަމަލުކުރުމަކީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.

ހަމައެހެންމެ، ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ ޢަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (އ) އާއި (މ) ގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލުތަކެއް ކަމުގައި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ޙަރަކާތްތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދާކަމަށް އެ ކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާތީ، މިފަދަ ޢަމަލުތައް ނުހިންގުމަށް ނަސޭޙަތްތެރިވެ، އެކަން އެޕާޓީއަށް އަންގާފައިވާނެ ކަމުގައި އީސީން ވަނީ ހާމަކޮށްފައެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ޙާޟިރުވުމަށް ދަޢުވަތު ދީފައިވީނަމަވެސް، ކޮމިޝަނަށް ޙާޟިރުވުމަށް ޕީ.އެން.އެފް އިން އުޒުރުވެރިވެފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު ޢަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު ކޮމިޝަނުން އަޅާނެކަމުގެ އިންޒާރު އީސީން ވަނީ މިރޭ ދީފައި އެވެ.

އީސީން ޕީއެންއެފްއަށް މިފަދައިން އިންޒާރުދީފައިމިވަނީ ދާދި ފަހުން ޕީއެންސީއިން މާލޭގައި ބޭއްވި ހަރުގެ ޖަލްސާއަކަށް ހުރަސް އެޅޭގޮތަށް ޕީއެންއެފުން މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި އެއްވުމެއް ބާއްވާފައި ދަނޑިވަޅެއްގައި އެވެ.

ކޮމެންޓް
ފަހުގެ
HDC