
ޕީއެންއެފްގެ ޖަލްސާ ރާޅުގަނޑުގައި ކުރިޔަށްދަނީ - ފޮޓޯ | ދެން
ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފޮްރޮންޓް ޖަލްސާ ބޭއްވުމަށް ސަރުކާރުން ސޯޝަލް ސެންޓަރު ހަމަޖައްސައިދީފި އެވެ.

ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލު ވިދާޅުވީ ޕީއެންއެފް ޖަލްސާ މިރޭވެސް ބޭއްވުމަށް ސޯޝަލް ސެންޓަރު ހަމަޖެހިފައިވާކަން ސްޕޯޓްސް މިނިސްޓަރު އެ ޕާޓީއަށް އަންގަވާފައިވާ ކަމަށެވެ.
ޕީއެންއެފްގެ އިފްތިތާހީ ޖަލްސާ މިރޭ ބޭއްވުމަށް މަސައްކަތްކުރީ މާލޭގެ ގިޔާސުއްދީން ސްކޫލުގައި އެވެ. ނަމަވެސް އެސްކޫލުން އެތަން ކުއްޔަށް ދިން އެއްބަސްވުން ބާތިލުކޮށް އެތަނުގައި އެޖަލްސާ ނުބޭއްވޭނެ ކަން އެންގުމާއި އެކު ފުލުހުން ވަނީ ގިޔާސުއްދީން ސްކޫލުގެ ގޭޓް ބަންދުކޮށް ފޯރިމަރަން ފަށާފައި އެވެ.
މިއާއި އެކު ޕީއެންއެފްގެ ލީޑަރޝިޕުން އެ ޖަލްސާ މިހާރު ވަނީ ރާޅުގަނޑު ސަރަހައްދަށް ބަދަލުކޮށްފައި އެވެ. އަދި ރާޅުގަނޑު ސަރަހައްދުގެ ކުރީގެ ނިއުޕޯޓް ހުރި ބްރިޖް ވިއު ސަރަހައްދުގައި ބާއްވަން ހުއްދަ ލިބިފައިވާކަން އެޕާޓީއިން ވަނީ ހާމަކޮށްފައި އެވެ.
ޕީއެންއެފްއަށް ސޯޝަލް ސެންޓަރު ސަރުކާރުން ހަމަޖައްސާދީފައިވީ ނަމަވެސް ޖަލްސާ ފެށުމަށް ތައްޔާރުވެފައިވަނީ ރާޅުގަނޑު ސަރަހައްދުގައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..