ޕީއެންއެފްގެ ރައީސް ޒެއިން
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ވަގުތީ ރައީސް ކަމުގެ މަގާމަށް އެޕާޓީގެ މުައައްސިސް އަދި ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީން އަބްދުލްގައްޔޫމް އިންތިހާބުކޮށްފި އެވެ.
ޒެއިން ޕީއެންއެފްގެ ރައީސްކަމަށް އިންތިހާބުކޮށްފައިވަނީ މިރޭ އެޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ ރައީސްއަކު އިންތިހާބުކުރުމަށް ނެގުނު ވޯޓުންނެވެ. ރައީސްކަމަށް ވާދަކުރެއްވީ ޒެއިން އެކަނި ކަމުން ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. އެވޯޓު ފުރިހަމަ އަގުލަބިއްޔަތުން ކާމިޔާބުކުރައްވައި ޒެއިން ވަނީ ޕާޓީގެ ވަގުތީ ރައީސްކަމަށް އިންތިހާބުބެފައި އެވެ.
މި ޖަލްސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންވެސް މިރޭގެ ޖަލްސާގައި ވަނީ ބައިވެރިވެވަޑައިގެންފައި އެވެ.
މި ޖަލްސާގައި ވަނީ އެޕާޓީ އުފެއްދުމަށް ގާނޫނު ބުނާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަކޮށްފައި އެވެ. ޕާޓީގެ ލޯގޯއާއި ކުލައާއި ވަގުތީ ސެނެޓުވެސް އިންތިހާބުކޮށްފައެވެ.
މި ޖަލްސާ ފުރަތަމަ ބޭއްވުމަށް ނިންމާފައިވަނި ޤިޔާސުއްދީން ސްކޫލުގައި އެވެ. ނަމަވެސް އެސްކޫލުން އެތަން ކުއްޔަށް ދިން އެއްބަސްވުން ބާތިލުކޮށް އެތަނުގައި އެޖަލްސާ ނުބޭއްވޭނެ ކަން އެންގުމާއި އެކު ފުލުހުން ވަނީ ގިޔާސުއްދީން ސްކޫލުގެ ގޭޓް ބަންދުކޮށް ފޯރިމަރަން ފަށާފައި އެވެ.
މިއާއި އެކު ޕީއެންއެފްގެ ލީޑަރޝިޕުން އެ ޖަލްސާ ބަދަލުކުރީ ރާޅުގަނޑު ސަރަހައްދަށެވެ. ނަމަވެސް ޖަލްސާ ފެށުމުގެ ކުރިން ޕީއެންއެފް ޖަލްސާ މިރޭ ބޭއްވުމަށް ސޯޝަލް ސެންޓަރު ހަމަޖެހިފައިވާކަން ސްޕޯޓްސް މިނިސްޓަރު އެ ޕާޓީއަށް އަންގަވާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ.