
ޔޫއޭއީގެ ފުޖެއިރާގައި ހުންނަ ޕެޓްރޯލިއަމް ސައިޓަކަށް އިރާނުން ދިން ހަމަލާގައި ތިން މީހަކު ޒަހަމްވެއްޖެ
# އިރާންޔޫއޭއީގެ ފުޖެއިރާގައި ހުންނަ ޕެޓްރޯލިއަމް ސައިޓަކަށް އިރާނުން ދިން ހަމަލާގައި ތިން މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ފުޖައިރާގެ މީޑިއާ އޮފީހުން ދާދި ދެންމެ އަކު ބުނީ އެސަރަހައްދުގެ ޕެޓްރޯލިއަމް އިންޑަސްޓްރިއަލް ސައިޓަށް އިރާން ދިން ޑްރޯން ހަމަލާގައި އިންޑިއާގެ ތިން ރައްޔިތަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެ ތިން މީހުން ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެމީހުންނަށް ލިބުނު އަނިޔާތަކަކީ "މެދުމިނުގެ" އަނިޔާތަކެއް ކަމަށްވެސް ބަޔާނުގައި ބުނެފަ އެވެ.
ހަމަލާގައި ޕެޓްރޯލިއަމް ސައިޓަށް ލިބުނު ގެއްލުންތައް ކަމަށް ބެލެވޭ ފޮޓޯތަކެއް މިހާރު ދަނީ ދައުރުވަމުންނެވެ. އޭގެ ތެރޭގައި ހަމަލާއާއި ގުޅިގެން އެސައިޓުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ކަޅު ދުންތަކެއް މުޅި ސަރަހައްދަށް ފަތުރެމުންދާ މަންޒަރުތައް ފެންނަ ފޮޓޯތަކެއް ވެސް ހިމެނެއެވެ.
މި ހަމަލާދިންތާ އިރުކޮޅެއް ފަހުން ޔޫއޭއީގެ ދިފާއީ ވުޒާރާއިން ވަނީ އިރާނުން ފޮނުވާލި މިސައިލްތަކަކަށާއި ޑްރޯންތަކެއް ހުއްޓުވުމަށް އެގައުމުގެ ދިފާއީ ނިޒާމުތަކުން މަސައްކަތްކުރަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން މިހާތަނަށް ތިން ހަމަލާއެއް ކާމިޔާބުކަމާއިއެކު ހުއްޓުވާފައިވާކަން ޔޫއޭއީގެ ދިފާއީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އިރާނުން ކުއްލި ގޮތަކަށް ޔޫއޭއީއަށް ހަމަލާތަކެއް ދޭން ފެށި ސަބަބެއް ސާފުވެފައިނުވާއިރު އެމެރިކާއިން ހޯރްމޫޒް ކަނޑުއޮޅީގައި އިރާނަށް ދަތިކުރުމަށް އަޅަމުންދާ އަސްކަރީ ފިޔަވަޅުތަކާއިއެކު އިރާނުން ވަނީ އެމެރިކާއަށް ހަމަލާތައް ދޭނެކަމުގެ ނުސީދާ އިންޒާރުވެސް ދީފައި އެވެ.
ޔޫއޭއީއަކީ އެމެރިކާގެ އަސްކަރީ ބޭސްއެއް ހުންނަ ގައުމަކަށް ވާއިރު މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިރާނާއި އިސްރާއީލް އަދި އެމެރިކާއާއި ދެމެދު ފެށި ހަނގުރާމާގައި އިރާނުގެ ވަރުގަދަ ހަމަލާތަކެއް މީގެ ކުރީންވެސް ވަނީ ޔޫއޭއީއަށް އަމާޒުވެފައި އެވެ.
ގުޅުންހުރި

އިރާނުން ދޭން ފެށި ކުއްލި ހަމަލާތަކާއިއެކު ދުބާއީ އަދި ޝާރްޖާގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފި

ޔޫއޭއީގެ ފުޖެއިރާގައި ހުންނަ ޕެޓްރޯލިއަމް ސައިޓަކަށް އިރާނުން ދިން ހަމަލާގައި ތިން މީހަކު ޒަހަމްވެއްޖެ

އިރާނުން ފޮނުވާލި މިސައިލާއި ޑްރޯންތަކެއް އަމާޒުވުމާއި ގުޅިގެން ޔޫއޭއީ އެލާޓަށް!




