
އިރާނުން ފޮނުވާލި މިސައިލާއި ޑްރޯން ހަމަލާއެއް އަމާޒުވުމާއި ގުޅިގެން ޔޫއޭއީގެ އަސްކަރިއްޔާއިން އެހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފި އެވެ.

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުން "މިވަގުތު މިސައިލް ހަމަލާތަކާއި އީރާނުން އަންނަ ޑްރޯންތަކާ ގުޅިގެން" ދަނީ ހަރަކާތްތެރިވަމުންނެވެ.
"ޔޫއޭއީގެ އެކި ހިސާބުތަކުން އިވޭ ބާރުގަދަ ގޮވުންތަކުގެ އަޑުތަކަކީ ޔޫއޭއީގެ އެއާ ޑިފެންސް ސިސްޓަމްތަކުން ބެލިސްޓިކް މިސައިލްތަކާއި ކްރޫޒް މިސައިލްތަކާއި ޑްރޯންތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިވެމުންދާ އަޑުތަކެއް" ކަމަށް އެކްސްގައި ޔޫއޭއީގެ ދިފާއީ ވުޒާރާއިން ނެރުނު ކުރު ބަޔާނެއްގައިވެ އެވެ.
މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އިރާނުން ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ.
އިރާނުން ކުއްލި ގޮތަކަށް ޔޫއޭއީއަށް ހަމަލާތަކެއް ދޭން ފެށި ސަބަބެއް ސާފުވެފައިނުވާއިރު އެމެރިކާއިން ހޯރްމޫޒް ކަނޑުއޮޅީގައި އިރާނަށް ދަތިކުރުމަށް އަޅަމުންދާ އަސްކަރީ ފިޔަވަޅުތަކާއިއެކު އިރާނުން ވަނީ އެމެރިކާއަށް ހަމަލާތައް ދޭނެކަމުގެ ނުސީދާ އިންޒާރުވެސް ދީފައި އެވެ.
ޔޫއޭއީއަކީ އެމެރިކާގެ އަސްކަރީ ބޭސްއެއް ހުންނަ ގައުމަކަށް ވާއިރު މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިރާނާއި އިސްރާއީލް އަދި އެމެރިކާއާއި ދެމެދު ފެށި ހަނގުރާމާގައި އިރާނުގެ ވަރުގަދަ ހަމަލާތަކެއް މީގެ ކުރީންވެސް ވަނީ ޔޫއޭއީއަށް އަމާޒުވެފައި އެވެ.
ގުޅުންހުރި

އިރާނުން ދޭން ފެށި ކުއްލި ހަމަލާތަކާއިއެކު ދުބާއީ އަދި ޝާރްޖާގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފި

ޔޫއޭއީގެ ފުޖެއިރާގައި ހުންނަ ޕެޓްރޯލިއަމް ސައިޓަކަށް އިރާނުން ދިން ހަމަލާގައި ތިން މީހަކު ޒަހަމްވެއްޖެ

އިރާނުން ފޮނުވާލި މިސައިލާއި ޑްރޯންތަކެއް އަމާޒުވުމާއި ގުޅިގެން ޔޫއޭއީ އެލާޓަށް!




