
ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު
# އިރާންއިރާނާއި އެމެރިކާއާއި ދެމެދު ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އެމެރިކާ އަސްކަރިއްޔާއިން ވަރަށް ރަނގަޅު ގޮތުގައި ބޭނުންކޮށްފައިވާކަމަށާއި ހަނގުރާމަ އަލުން ފަށައިފި ނަމަ އެމެރިކާގެ ހަމަލާތައް ކުރިޔަށް ވުރެ ވަރުގަދަ ވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕު މިފަދައިން ވިދާޅުވެފައިވަނީ މިއަދު އެމެރިކާގެ ނޫހެއް ކަމަށްވާ ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި އެވެ.
އެގޮތުން ޓްރަމްޕު ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގެ ބޭނުން އެމެރިކާ އަސްކަރިއްޔާއިން އިކުއިޕްމަންޓްތައް އަލުން ސްޓޮކް ކުރުމަށް ބޭނުންކޮށްފައިވާ ކަމަށާއި އެކަމަށް އަމުރުކޮށްފިނަމަ އީރާނާ ދެކޮޅަށް އަލުން ހަމަލާތައް ފެށުމަށް އަސްކަރިއްޔާ އޮތީ އިހުނަށްވުރެ ތައްޔާރުވެގެން ކަމަށެވެ.
“އަހަރެމެންގެ އަތުގައި އެހާ ގިނަ އެމޯ އެބަހުރި، އެހާ ގިނަ ހުރިހާ ކަމެއް އެބަހުރި... އަހަރެމެން ވަގުތުގެ ބޭނުންކޮށްފައި މިވަނީ ރީސްޓޮކް ކުރަން އެކަމަކު އިރާނަށް ބޭނުންވާ ވަރަށް ތައްޔާރުނުވެވުނު.” ޓްރަމްޕު ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު

އިރާނުން މާދަމާގެ ނިޔަލަށް އެމެރިކާއާއިއެކު"ޑީލަކަށް" ނައިސްފި ނަމަ ހަމަލާތައް އަލުން ފަށާނަން - ޓްރަމްޕު

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ




