logoEN
WAMCO TOP 1
ސީޒަނުގެ ކުރީކޮޅު ރެލިގޭޓް ވެދާނެކަމަށް ބުނި ޔުނައިޓެޑުން، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ދެ ބަލިކޮށްފި

ސީޒަނުގެ ކުރީކޮޅު ރެލިގޭޓް ވެދާނެކަމަށް ބުނި ޔުނައިޓެޑުން، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ދެ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

5/3/2026, 6:55:50 PM

# ލިވަޕޫލް# އިނގިރޭސި ޕްރިމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓަރ ޔުނައިޓެޑް

ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން..

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

THE TRAVELLER AD

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑް އަތުން މޮޅުވެފައިވާއިރު، ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.

މީގެ އިތުރުން މިއީ 2015/16 ވަނަ އަހަރުގެ ސީޒަނަށް ފަހުން ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ޖެހިޖެހިގެން ދެމެޗުން ލިވަޕޫލް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި ފުރަތަމަ ފަހަރެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރޮފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ 13 މިނެޓުތެރޭގައި ޔުނައިޓެޑުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް މެތިއަސް ކުންޔާ ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެންޖަމިން ޝެސްކޯ އެވެ.

ލިވަޕޫލުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މިޑްފިލްޑަރު ޑޮމެނިކް ސްބޮސްލާއި ކާމިޔާބުކުރިއިރު، މެޗުގެ 56 ވަނަ މިނެޓުގައި އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ފޯވާޑް ކޯޑީ ގައްޕޯ އެވެ. އަދި މިމެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ކޮބީ މައިނޫ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 35 މެޗުން ހޯދި 64 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި ސީޒަނުގެ ކުރީކޮޅު ރެލިގޭޓްވެދާއޭ ބުނި ޔުނައިޓެޑް ވަނީ ބާކީ ތިން މެޗު އޮއްވައި އެޓީމުން ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލް ލީގުގައި ކުޅުނު 35 މެޗުން ހޯދި 58 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

ކޮމެންޓް
ފަހުގެ
HDC