.jpg&w=3840&q=75)
ދިވެހި ހައްޖު މިޝަންގެ މިއަހަރުގެ ވެރިޔަކަށް އިމްތިޠާއު، އިސް ޝެއިހަކަށް ޑރ އިލްޔާސް!
# ރާއްޖޭގެ ހައްޖު މިޝަން-
1447 ވަނަ އަހަރުގެ ޙައްޖު މިޝަން އެކުލަވާލައި އެމިޝަންގެ ވެރިޔަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ބުނީ ޙައްޖު މޫސުމްގައި މިނިސްޓްރީން މައްކާގައި ޤާއިމު ކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް ވަޑައިގަންނަވާނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް ކަމަށެވެ.
އަދި 1447ވަނަ އަހަރުގެ ދިވެހި ޙައްޖުވެރިންނާއެކު،އިސް ޝެއިޚަކަށް ވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިން ކަމުގައިވެސް މިއަދު ވަނީ ކަނޑައަޅާފައި އެވެ.
ރާއްޖެއިން މިއަހަރުގެ ޙައްޖުގައި ބައިވެރިވާ ޙައްޖު މިޝަންގެ ޓީމް، މާދަމާ ސަޢުދީއަށް ފުރާނެއެވެ. މި މިޝަންގައި 10 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. ޙައްޖުވެރިން ސައުދީއަށް ދަތުރު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާކަން މިޝަންއިން ކަށަވަރު ކުރާނެއެވެ. އެގޮތުން މައްކާ ހޮޓަލާއި، ޙައްޖުގެ މަޝާއިރުތަކާއި، ދަތުރުފަތުރާއި ކެންއިންބުއިމާއި ސިއްޙީ އެންމެހާ އިންތިޒާމްތަކާއި ތައްޔާރީތައް ބަލާ، ސައުދީ ޙައްޖު މިނިސްޓްރީގެ މިންގަނޑަށް ހަމަޖައްސަފަވާކަން ކަށަވަރު ކުރާނެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ދިވެހި ހައްޖު މިޝަންގެ މިއަހަރުގެ ވެރިޔަކަށް އިމްތިޠާއު، އިސް ޝެއިހަކަށް ޑރ އިލްޔާސް!
.jpeg&w=3840&q=75)
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ޖިއްދާ އެއާޕޯޓުން ހޫނު މަރުހަބާއެއް!

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕު ފުރުން މާދަމާ!




