logoEN
Sto top
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ޖިއްދާ އެއާޕޯޓުން ހޫނު މަރުހަބާއެއް!

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ޖިއްދާ އެއާޕޯޓުން ހޫނު މަރުހަބާއެއް!

އަހުމަދު ޝުރާއު

logo

5/26/2025, 5:01:12 PM

# ރާއްޖޭގެ ހައްޖު މިޝަން# ސައުދީ އަރަބިއްޔާ

--

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕަށް ސައުދީ އަރަބިއްޔާއަށް ދެވިއްޖެ އެވެ.

Wamco

ދިވެހި ހައްޖާޖީން ދަތުރުކުރި ސައުދީ އެއާލައިންސްގެ އެސްވީ 0839 ފްލައިޓު ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ސައުދީ ގަޑިން އިރުއޮއްސި 18:39 ހާއިރު އެވެ.

ދިވެހި ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ދެންވުމަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ބޭފުޅުންނާއި ދިވެހި ޙައްޖު މިޝަން، ސަޢުދީގައި ހުންނަ ދިވެހި އެމްބަސީ އަދި ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުން އެއާޕޯޓުގައި ހަރަކާތްތެރިވެލައްވާފައިވެއެވެ.

މިއީ ދިވެހި ޙައްޖުވެރިންނަށް މިފަދަ ގޮތަކަށް ޖިއްދާ އެއާޕޯޓުން މަރުޙަބާ ދެންނެވި ފުރަތަމަ ފަހަރެވެ.

މިއަދު ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙްކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ ކަމެއް ފުރިހަމަކުރެވިފައިވާއިރު، ޙައްޖު ވެރިން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާ ބޮޑު ފަސޭހައެއްކަން ފާހަގަކޮށްލެވެއެވެ.

މިއަހަރަކީ ދިވެހި ހައްޖުވެރިންގެ އިންތިޒާމްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ބޮޑެތި ބަދަލުތަކެއް ގެނެވި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ އަހަރެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside