logoEN
Sto top
ދިވެހި ޙައްޖުވެރިންނަށް މަޝާޢިރުގައި ޚިދުމަތްދޭ ކުންފުންޏާއި ހައްޖު މިޝަންއިން ބައްދަލުކޮށްފި

ދިވެހި ޙައްޖުވެރިންނަށް މަޝާޢިރުގައި ޚިދުމަތްދޭ ކުންފުންޏާއި ހައްޖު މިޝަންއިން ބައްދަލުކޮށްފި

އަހުމަދު ޝުރާއު

logo

5/23/2024, 12:54:45 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ# ރާއްޖޭގެ ހައްޖު މިޝަން

ހައްޖު މިޝަންއިން ރަވާފް މިނާ ފޮރ ޙައްޖު ސަރވިސްއާއި ބައްދަލުކުރުން

ދިވެހިރާއްޖޭގެ ޙައްޖުވެރިންނަށް މަޝާޢިރުގައި ޚިދުމަތްދޭ ކުންފުނީގެ ސިއީއޯއާ ދިވެހި ޙައްޖު މިޝަނުން ބައްދަލުކުރައްވައިފި އެވެ.

Wamco

1445 ވަނަ އަހަރު މަޝާއިރުގައި ރާއްޖޭގެ ޙައްޖުވެރިންނަށް ޚިދުމަތްދެނީ ރަވާފް މިނާ ފޮރ ޙައްޖު ސަރވިސް ކުންފުނިންނެވެ. ރާއްޖޭގެ ހައްޖު މިޝަންއިން މިއަދު ބުނީ އެ ކުންފުނީގެ ސީ.އީ.އޯ ޒުހައިރު ޢަބްދުލް ޙަމީދު ސަދާޔޫއާއެކު ޙައްޖު މިޝަނުން ބޭއްވި ބައްދަލުވުމުގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށް އެކުންފުނިން މިހާރު ވެފައިވާ ތައްޔާރީތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އަދި ދިވެހި ޙައްޖު މިޝަންގެ ރައީސް، އަލްއުސްތާޛު އުސާމް މުހައްމަދު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޙައްޖުވެރިންނަށް ޢާއްމުކޮށް ކުރިމަތިވާ ދަތިތަކާއި އެކަން ޙައްލުކުރެއްވުމަށްޓަކައި، ކުރެވިދާނެކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ވީހާވެސް ރަނގަޅު ލުއިފަސޭހަ އިންތިޒާމް ތަކެއް ހަމަޖެއްސުމަށް އެދިވަޑައިގެންފައިވެއެވެ.

ރަވާފް މިނާ ފޮރ ޙައްޖު ސަރވިސް ކުންފުނީގެ ސިއީއޯ ދެއްކެވި ވާހަކަފުޅުގައި އެ ކުންފުނީގެ މަޤްޞަދަކީ ޙައްޖުވެރިންނަށް ވީހާވެސް ރަނގަޅު ޚިދުމަތްތަކެއް ދިނުންކަމަށާއި، އެކަން ކަށަވަރުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިގޮތުން، ޢާންމުކޮށް މިނާގައި ދިވެހިންނަށް ދިމާވާ ކާބޯތަކެތީގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، ދިވެހިރަހަތައް ހިމަނައިގެން ކެއުންތައްޔާރުކުރެއްވުމުގެ ވިސްނުން ފުޅު ގެންގުޅުއްވާކަން ފާހަގަކުރެއްވިއެވެ.

ދިވެހި ޙައްޖު މިޝަނުން ވަނީ، ޙައްޖުވެރިންނަށް މަޝާޢިރުގައި ޚިދުމަތްދޭ މުޠައްވިފާއެކު ވެސް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، ރާއްޖޭގެ ޙައްޖުވެރިންނަށް މަޝާޢިރުގައި ކުރިމަތިވާ ދަތިތަކާއި އެކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަން ހައްޖު މިޝަންއިން ބުނެއެވެ.

ރަވާފް މިނާ ފޮރ ޙައްޖު ސަރވިސް ކުންފުންޏަކީ ސައޫދީ ސަރުކާރުން މިއަހަރު ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށް ހުއްދަ ދެއްވާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ތަޖުރިބާހުރި ކުންފުންޏެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside