logoEN
Sto top
ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕު ފުރުން މާދަމާ!

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕު ފުރުން މާދަމާ!

އަހުމަދު ޝުރާއު

logo

5/25/2025, 1:10:34 PM

# ރާއްޖޭގެ ހައްޖު މިޝަން

--

މިއަހަރު ރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕު މާދަމާ ފުރާނެއެވެ.

Wamco

މިއަހަރު ހައްޖަށްދާ ދިވެހީން ފުރުމަށް ހަމަޖެހިފައިވަނީ 4 ދުވަހަކަށް ބަހާލައިގެންނެވެ. އެގޮތުން މާދަމާ ފުރާ ގްރޫޕުގައި 235 ޙައްޖުވެރިން ސަޢުދީއަށް ފުރާނެއެވެ. މިއަހަރު ހައްޖުވެރިން ފުރުމުގެ އިންތިޒާމުތައް މޯލްޑިވްސް ޙައްކު ކޯޕަރޭޝަނުން މިހާރު ވަނީ ހަމަޖައްސާފައެވެ.

ޙައްޖުވެރިންގެ ދެވަނަ ފުލައިޓު މި މަހުގެ 27 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު 2 ވަނަ ފުލައިޓުގައި 257 ޙައްޖުވެރިން ދަތުރުކުރާނެއެވެ. އަދި ތިން ވަނަ ފުލައިޓު މި މަހުގެ 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު އެ ފުލައިޓުގައި 250 ޙައްޖުވެރިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 27 އަދި 29 ގައި ޙައްޖުވެރިން ދަތުރުކުރާނީ ޤައުމީ އެއާލައިން މޯލްޑިވިއަންގައެވެ. މިއީ އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ޤައުމީ އެއާލައިނުގައި ޙައްޖަށް ދާ އަހަރެކެވެ.

ޙައްޖުވެރިންގެ ފަހު ފުލައިޓު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފުލައިޓުގައި 250 ޙައްޖުވެރިން ސަޢުދީއަށް ދާނެއެވެ.

މިއަހަރު ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު ސަޢުދީ ސަރުކާރުން ދެއްވާފައިވާއިރު، މާދަމާ ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހްކުރުމަށް ވަނީ ހަމަޖެހިފައި އެވެ. މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކޮށްދެއްވާނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަ ކަން ދެވިގެންނެވެ. މިއީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެންދިއުމަކީ ދިވެހި ޙައްޖުވެރިންނަށް ލިބެމުންދާ ހިދުމަތްތައް ލުއި ފަސޭހަކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside