logoEN
WAMCO TOP 1
ރެމިޓެންސްގެ ގޮތުގައި ބޭރަށް ފައިސާ ފޮނުވި މިންވަރު އިތުރުވެއްޖެ

ރެމިޓެންސްގެ ގޮތުގައި ބޭރަށް ފައިސާ ފޮނުވި މިންވަރު އިތުރުވެއްޖެ

# އެމްއެމްއޭ

-

މިދިޔަ އަހަރު ރެމިޓެންސްގެ ގޮތުގައި ބޭރަށް ފައިސާ ފޮނުވި މިންވަރު އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

THE TRAVELLER AD

އެމްއެމްއޭ އިން ނެރުނު އަހަރީ ރިޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވި ފައިސާ އަދި އެތެރެވި ފައިސާގެ އަދަދު އިތުރުވެފައިވާއިރު، 167.6 މިލިޔަން ޑޮލަރު ވަނީ ބޭރަށް ފޮނުވާފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ރާއްޖެއިން ބޭރަށް ވިޔަފާރި ނުވަތަ ބޭނުންތަކަށް ފައިސާ ފޮނުވުން ނުވަތަ އައުޓްވާޑް ރެމިޓެންސް ގޮތުގައި 139،000 މުއާމަލާތް ކޮށްފަ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމަކަށްވާއިރު، މި މުއާމަލާތްތަކުގެ ޖުމްލަ 167.6 މިލިޔަން ޑޮލަރަށް އަރާކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި މިއީ 8 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އައުޓްވާޑް ރެމިޓެންސްގެ ނިސްބަތުން 94 އިންސައްތަ މުއާމަލާތަކީ ބިދޭސީން ކޮށްފައިވާ މުއާމަލާތްތަކެވެ. ބާކީ 6 އިންސައްތަ މުއާމަލާތް ކޮށްފައިވަނީ ދިވެހީންކަމަށް އެމްއެމްއޭއިން ވިދާޅުވި އެވެ.

ބޭރަށް ފައިސާ ފޮނުވި މުއާމަލާތްތަކުގެ ތެރެއިން ދިވެހިން ކޮށްފައިވާ މުއާމަލާތް ނިސްބަތުން މަދެވެ. ނަމަވެސް 2024 ވަނަ އަހަރާއި އަޅާބަލާއިރު ދިވެހިން ކުރި މުއާމަލާތްތަކުގެ އަދަދު 11 އިންސައްތަ އިތުރު ކަމަށް އެ ކުންފުނިން ބުނެ އެވެ. މި މުއްދަތުގައި ބިދޭސީން ކުރި މުއާމަލާތްތަކުގެ އަދަދުވަނީ 89 އިންސައްތަ އިތުރުވެފަ އެވެ.ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވެފައިވާއިރު، ވިޔަފާރި ނޫން ބޭނުންތަކަށް ރާއްޖެއަށް ވަދެފައިވާ ފައިސާގެ މުޢަމަލާތްތަކުގެ ޖުމުލަ 3000 އަށް ވަނީ އަރާފަ އެވެ. މި މުއާމަލާތްތަކުގެ އަގަކީ 2.9 މިލިޔަން ޑޮލަރެވެ. މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ރާއްޖެއަށް އެތެރެވި ފައިސާގެ މުއާމަލާތްތައް 2024 ވަނަ އަހަރާއި އަޅާބަލާއިރުވަނީ 5 އިންސައްތަ ދަށްވެފަ އެވެ. އަދި މުއާމަލާތްތަކުގެ އަގު ނިސްބަތުން ދަށްވެފައިވަނީ 1 އިންސައްތަ ކަމަށް އެމްއެމްއޭއިން ވިދާޅުވި އެވެ.

ކޮމެންޓް
ފަހުގެ
HDC