
އަމިއްލަ ދަނޑުގައި ތިން ލަނޑުގެ ލީޑެއް އިންޓަ މިއާމީއަށް ހިފަހައްޓައެއްނުލެވުނު!
# އޮރްލެންޑޯ ސިޓީ# އިންޓަ މިއާމީ # ބޭރު ދުނިޔޭގެ ކުޅިވަރު# އެމްއެލްއެސްއިންޓަ މިއާމީ އާއި އޮރްލެންޑް ސިޓީ ވާދަކުރި މެޗުގެ ތެރެއިން..
އެމްއެލްއެސް އީސްޓަން ކޮންފަރެންސް ލީގުގައި ރޭ ފަތިހު އަމިއްލަ ދަނޑުގައި އިންޓަ މިއަމީ އިން ތިން ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުން އޮރްލެންޑޯ ސިޓީ މޮޅުވެއްޖެ އެވެ.

ލީގުގައި އިންޓަ މިއާމީ އެންމެ ފަހުން ކުޅުނު މެޗުގައި ނިއު އިންގްލޭންޑް ރިވޮލިއުޝަންސް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި އޮރްލެންޑޯ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ޑީސީ ޔުނައިޓެޑް އަތުން 3-2 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންޓަ މިއާމީ އިންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި މޮޅަށް ކުޅެ އިންޓަ މިއާމީ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އިއާން ފްރޭ އެވެ.
އިންޓަ މިއާމީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި މިޑްފިލްޑަރު ޓެލަސްކޯ ސެގޯވިއާ ކާމިޔާބުކުރިއިރު، އޭގެ ނުވަ މިނެޓް ފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން އޮރްލެންޑޯ ސިޓީގެ މާޓިން އޮހެޑާ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އިންޓަ މިއާމީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އޮރްލެންޑޯ ސިޓީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުގެ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކުރި އޮހެޑާ ވަނީ މެޗުގެ 68 ވަނަ މިނެޓާއި 78 ވަނަ މިނެޓުގައި ކާމިޔާބުކުރި ދެލަނޑާއެކު މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
އޮރްލެންޑޯ ސިޓީ މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޓައިރިސް ސްޕައިސާ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން އޮރްލެންޑޯ ސިޓީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 11 މެޗުން ހޯދި 10 ޕޮއިންޓާއެކު އެމްއެލްއެސް އީސްޓަން ކޮންފަރެންސް ލީގު ތާވަލުގެ 13 ވަނައިގައި އޮރްލެންޑޯ ސިޓީ އޮތްއިރު. މިމެޗުން ބަލިވި އިންޓަ މިއާމީ އިން ލީގުގައި ކުޅުނު 11 މެޗުން ހޯދި 19 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.
ގުޅުންހުރި

އަމިއްލަ ދަނޑުގައި ތިން ލަނޑުގެ ލީޑެއް އިންޓަ މިއާމީއަށް ހިފަހައްޓައެއްނުލެވުނު!

ފުލަމް ބަލިކޮށް އާސެނަލް އިން ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި

އޮސަސޫނާ ބަލިކޮށް ބާސެލޯނާ އިން 14 ޕޮއިންޓަށް ލީޑު ފުޅާކޮށްފި




