logoEN
WAMCO TOP 1
ފުލަމް ބަލިކޮށް އާސެނަލް އިން ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ފުލަމް ބަލިކޮށް އާސެނަލް އިން ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން

logo

5/3/2026, 2:24:52 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# އާސެނަލް# ފުލަމް # އިނގިރޭސި ޕްރިމިއާ ލީގު

އާސެނަލް އާއި ފުލަމް ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފްލަމް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

THE TRAVELLER AD

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ފުލަމް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ ބަލިކޮށްފައެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ނުވަވަނަ މިނެޓުގައި އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ވިކްޓަރ ގްޔޮކަރޭސް އެވެ. އަދި ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ރިކާޑޯ ކަލަފިއޮރީ އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ފޯވާޑް ބަކަޔޯ ސަކާ ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް ގްޔޮކަރޭސް އެވެ. މިއީ މިސީޒަނުގައި އެޓީމަށް އަލަށް ގުޅުނު ސްވިޑެންގެ ފޯވާޑް ލީގުގައި ކުޅުނު 33 މެޗުގައި އެޓީމަށް ކާމިޔާބުކޮށްދިން 14 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓިމަކަށް ިއިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 35 މެޗުން އާސެނަލްއަށް 76 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 33 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ފުލަމް އިން ލީގުގައި ކުޅުނު 35 މެޗުން ހޯދި 48 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.

ކޮމެންޓް
ފަހުގެ
HDC