logoEN
WAMCO TOP 1
އޮސަސޫނާ ބަލިކޮށް ބާސެލޯނާ އިން 14 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

އޮސަސޫނާ ބަލިކޮށް ބާސެލޯނާ އިން 14 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން

logo

5/3/2026, 1:59:48 AM

# ބާސެލޯނާ# އޮސަސޫނާ # ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ

ބަސެލޯނާ އާއި އޮސަސޫނާ ވާދަކުރި މެޗުގެ ތެރެއިން..

ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި އޮސަސޫނާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ތާވަލުގެ ކުރީގަައި 14 ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

THE TRAVELLER AD

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ގެޓާފޭ އަތުން މޮޅުވެފައިވާއިރު، ލީގުގައި އޮސަސޫނާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބާސެލޯނާ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވޮންޑަންސްކީ އެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ފެރާން ޓޮރޭސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

އޮސަސޫނާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ރައުލް ގާސިއާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 34 މެޗުން ބާސެލޯނާއަށް 88 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 33 މެޗުން ލިބިފައިވަނީ 74 ޕޮއިންޓެވެ. އަންނަ ހަފުތާގައި މިދެޓީމު ވާދަކުރާ މެޗުން ބާސެލޯނާ މޮޅުވެއްޖެ ނަމަ ބާކީ ތިން މެޗު އޮއްވައި އެޓީމަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެއެވެ. އަދި މިމެޗުން ބަލިވި އޮސަސޫނާ އިން ލީގުގައި ކުޅުނު 34 މެޗުން ހޯދި 42 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.

ކޮމެންޓް
ފަހުގެ
HDC