logoEN
WAMCO TOP 1
ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން މެޓްރިކްސް އިން ހޯދައިފި

ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން މެޓްރިކްސް އިން ހޯދައިފި

ހަސަން ޝަމްއޫން

logo

5/1/2026, 2:30:00 AM

# ގައުމީ ނެޓްބޯޅަ މުބާރާތް# ނެޓްބޯޅަ # ދިވެހި ކުޅިވަރު

ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޓްރޮފީއާއެކު މެޓްރިކްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ...ފޮޓޯ: އަދަދު

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ނޭމް) އިން ބޭއްވި 23 ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް މެޓްރިކްސް އިން ހޯދައިފި އެވެ.

THE TRAVELLER AD

ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފައިނަލް ކުލަބު މެޓްރިކްސް އިން ކާމިޔާބުކުރީ ފަސޭހަކަމާއެމު 74-34ގެ ތަފާތުބޮޑު ނަތީޖާއަކުން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ، "ކުއީން"ގެ މަގާމުގެ އިތުރުން، މުބާރާތުގެ މޮޅު ކުޅުންތެރިޔާ "ކުއީން އޮފް ދި ސީރީޒް" ގެ މަގާމު ވެސް ލިބުނީ، މެޓްރިކްސްގެ އައިމިނަތު ފިރުޝާ އަށެވެ. ފިރުޝާ ވަނީ ފައިނަލް މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، ޓީމަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދީފަ އެވެ.

މިއަހަރުގެ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި މެޓްރިކްސް އާއި ކޭވައިއާރްސީގެ އިތުރުން ވާދަކޮށްފައިވަނީ، ކްލަބް ގްރީން ސްޓްރީޓްސް އަދި އެމްވީ ނެޓާސް އެވެ.

މީގެ އިތުރުން ކުލަބު މެޓްރިކްސް އިން ވަނީ މިއަހަރުގެ ނެޓްބޯޅަ ގައުމީ ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު ލީގު ޗެމްޕިއަންކަން ވެސް ހޯދާފައެވެ. ގައުމީ ލީގަކީ، ނެޓްބޯޅަ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ނެޓްބޯލް އެސޯސިއޭޝަންގެ އިސްނެގުމަކާ އެކު، ކުޅުންތެރިންނަށް ވާދަވެރި އިތުރު މެޗުތަކެއް ދިނުމަށްޓަކައި މިއަހަރު މުޅިނަ އަލަށް ބާއްވަން ފެއްޓި މުބާރާތެކެވެ. މިއަހަރުގެ ގައުމީ މުބާާރާތުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ސްޕޯޓްސް ކްލަބް ޝައިނިން ސްޓާ އިންނެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 33-45 ގެ ނަތީޖާއަކުން އެން ސްޕޯޓްސް އެކަޑަމީ ބަލިކުރުމަށް ފަހު އެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މި ޑިިވިޝަނުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ޝަައިނިން ސްޓާގެ މަރިޔަމް ލައިޝާ ޝަރީފް އެވެ. ގައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަނުގައި މިއަހަރު ވާދަކޮށްފައިވާ ޓީމުތަކަކީ، ސުޕަ ޖެން ސީ، ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބް، ސްޕޯޓްސް ކްލަބް ޝައިނިން ސްޓާ، ސްޕޯޓްސް ކްލަބް ސްކައިލާކް، ކްލަބް އެން ސްޕޯޓްސް، ޒެނިތު ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކްލަބް، އިންވިކްޓޯ ސްޕޯޓްސް ކްލަބް، އެން ސްޕޯޓްސް އެކަޑަމީ، އާޖީލަކަށް، ބްލެކް ޕެންތާސް ސްޕޯޓްސް ކްލަބް އަދި ފިއޮންޓި ސްޕޯޓްސް ކްލަބް އެވެ.

ކޮމެންޓް
ފަހުގެ
HDC