.png&w=3840&q=75)
މުހައްމަދު ނިޒާރު -
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމުން މުހައްމަދު އަނަސް އިސްތިއުފާ ދެއްވައިފި އެވެ.

ޕީސީބީން މިރޭ ބުނީ އަނަސްގެ އިސްތިއުފާ ރައީސް މުހައްމަދު މުއިއްޒު ގަބޫލުކުރައްވާފައިވާ ކަމަށެވެ. އަނަސް ޕީސީބީގެ ރައީސަކަށް އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ޕީސީބީގެ ރައީސްކަމުގެ މަގާމުން އަނަސް އިސްތިއުފާދެއްވުމާއެކު، ޕީސީބީގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު، މއ. ޔެލޯބޯލް އައްޔަންކޮށްފައިވާކަމަށްވެސް ޕީސީބީން ވަނީ އިއުލާންކޮށްފައެވެ.
ނިޒާރު ވަނީ މީގެ ކުރިން 2014 އިން 2019 އަށް ޕީސީބީގެ ރައީސްކަން ކުރައްވައިފަ އެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ ހާސިލްކުރައްވައިފަ އެވެ.






